ކޮވިޑް-19އަށް ޓެސްޓް ކުރުުމަށް ‘ޕޮއިންޓް އޮފް ކެއާ’ މެޝިން ބޭނުންކުރަން ތައްޔާރުވެއްޖެ

ޕޮއިންޓް އޮފް ކެއާ މެޝިން - ކޮވިޑް ޓެސްޓް ކުރުމަށް ތައްޔާރުވެއްޖެ
Share on facebook
Share on twitter
Share on google

ފުވައްމުލައް ސިޓީގައި ކޮވިޑް-19 އަށް ޓެސްޓުކުރުމަށް ޕޮއިންޓް އޮފް ކެއާ މެޝިން ބަހައްޓައި ޓެސްޓްކުރަން ފަށަން ތައްޔާރުވެއްޖެ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ހާމަކުރައްވައިފިއެވެ.

މިއަދު ފުވައްމުލކު ހޮސްޕިޓަލުގެ ފޭސްބުކް ޕޭޖުގައި ހަމަކުރައްވާފައިވާ ގޮތުން ކޮވިޑް-19 ރޯގާ ޖެހިފައި ވޭތޯ ޓެސްޓް ހެދުމުގެ އެހޮސްޕިޓަލުގެ ލެބޯޓްރީގައި އަލަށް ބެހެއްޓި ‘ޕޮއިންޓް އޮފް ކެއަރ – ރިއަލްޓައިމް ޕީ.ސީ.އާރ މެޝިން އިންސްޓޯލްކޮށް، އެ މެޝިނުގެ ވެލިޑޭޝަން ހަދައި، ބޭނުން ކުރުމަށް މިހާރުވަނީ ތައްޔާރުވެފައެވެ.

ޕޮއިންޓް އޮފް ކެއާ މެޝިން – ކޮވިޑް ޓެސްޓް ކުރުމަށް ތައްޔާރުވެއްޖެ

އެ ހޮސްޕިޓަލުން ކޮވިޑް-19 އަށް ޓެސްޓް ހެދޭ ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން ބެހެއްޓި މި މެޝިން ބޭނުންކޮށްގެން ދުވާލަކަށް 80 މީހުންގެ ޓެސްޓް ހެދޭނެ ކަމަށް ހާމަކޮށްފައި ވެއެވެ. މިއީ ވެސް މިހާރު ފުވައްމުލައް ސިޓީއިން ދުވާލެއްގެ މައްޗަށް ޓެސްޓްކުރާ ވަރަށް ވުރެން މާބޮޑުތަން ވެސް މަދު އަދަދެކެވެ. މި ޖުލައި މަހު ނެގުނު ސާމްޕަލްތަކަށް ބަލާއިރު އެވްރެޖްކޮށް ދުވާލަކަށް 110 ސާމްޕަލް ނަގައެވެ. އަދި ބައެއް ދުވަހު 200 އަށްވުރެ ގިނަ ސާމްޕަލް ނަގާފައި ވެއެވެ.

މި ޖުލައި މަހު ފުވައްމުލައް ސިޓީއިން ނެގި ކޮވިޑް-19 ސާމްޕަލްތައް

މީގެ ކުރިން ފުވައްމުލަކު ހޮސްޕިޓަލުން ކޮވިޑް-19އަށް ޓެސްޓް ކުރަނީ ޖީންއެކްސްޕާޓް މެޝިނެއް ބޭނުންކޮށްގެންނެވެ. އެމެޝިނުން ޓެސްޓް ހެދެނީ ފަހަރަކު 4 ސާމްޕަލެވެ. އެމެޝިނުން ކޮންމެ ބުރެއްގެ ނަތީއްޖާ ލިބުމަށް 2 ގަޑި އިރު ހޭދަވާކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ހާމަކޮށްފައި ވެއެވެ. ވުމާއެކު އެމެޝިން ބޭނުކޮށްގެން ޓެސްޓް ހަދަމުން އައީ ހަމައެކަނި ކޮވިޑް-19 ބަލީގެ އަލާމާތްތައް ފެނުމާއެކު ޑޮކުޓަރުންގެ ލަފާގެ މަތިން ސާމްޕަލް އަވަހަށްނަގައި ޓެސްޓްކުރަން ޖެހޭ ފަރާތްތަައް އެކަންޏެވެ. އެއާއެކު ސާމްޕަލްތައް ޓެސްޓް ކުރަން މާލެ އާއި އައްޑޫ ސިޓީއަށް ފޮނުވަން ޖެހި، ނަތީޖާ ލަސްވުމުގެ ޝަކުވާ ކުރިން ވަރަށް ބޮޑުވެފައި ވެއެވެ.

ނަމަވެސް މިފަހަކަށް އައިސް އައްޑޫ ސިޓީއިން ފުވައްމުލައް ސިޓީގެ ކޮވިޑް-19 ސާމްޕަލްތައް ޓެސްޓް ކުރެވޭނެ އިންތިޒާމު ހަމަޖެހި އަދި އެކަން ފެށުމުން ނަތީޖާ ލިބުން އަވަސްވެ ޝަކުވާގެ އަޑު ވަނީ އެއްކޮށް ހުއްޓިފައެވެ.

ފުވައްމުލަކު ހޮސްޕިޓަލަށް ޕިސީއާރު ޓެސްޓް މެޝިނެއް ލިބޭނެ ކަމަށް ސަރުކާރުގެ ރަސްމީ ފަރާތްތަކުން ވަނީ ވިދާޅުވެފައެވެ. އަދި ޕޮއިންޓްއޮފް ކެއާ މެޝިން ލިބުނު ނަމަވެސް ކުރިންވެސް ބުނެފައިވާ ޕީސީއާރު މެޝިން ލިބޭނެ ކަމަށް ފުވައްމުލައް ސީޓި އިމްޖެންސީ އޮޕަރޭޝަން ސެންތަރުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ސިޓީ ކައުންސިލްގެ ފަރާތުން ހާމަކޮށްފައި ވެއެވެ.

ފުވައްމުލަކު ހޮސްޕިޓަލުގައި ކޮވިޑް-19 އަށް ޓެސްޓްކުރަން އެންމެ ފުރަަތަމަ ފަށާފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހު 27 ވަނަ ދުވަހު ޖީންއެކްސްޕާޓް މެޝިނެއް ބޭނުންކޮށްގެންނެވެ.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments