A wide advertisement which will be shown on all devices. (700 x 100)

މިހަފުތާ ބަންދުގައި ސިނޮފާމް ވެކްސިން ޖަހައި ދެނީ

މި ޖުލައި މަހު ވެކްސިން ޖެހި މީހުން - ފުވައްމުލައް ސިޓީ

އީދު ބަންދަށް ކޮވިޑް-19 ވެކްސިން ޖެހުން މެދުކަނޑާލާފައި ވީނަމަވެސް ގިނަ ބައެއްގެ އެދުމުގެ މަތިން ސިނޮފާމް ވެކްސިން ޖެހުން މި ޖުލައި މަހު 23 އަދި 24 ހުކުރު އަދި ހޮނިހިރު ދުވަހުގައި ބޭއްވުމަށް ފުވައްމުލަކު ހޮސްޕިޓަލުން ނިންމައި މިއަދު އިއުލާންކޮށްފިއެވެ.

ސިނޮފާމް ފުރަތަމަ ޑޯޒް އަދި ދެވަނަ ޑޯޒް ޖަހައި ދިނުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މެންދުރުފަހު 2:00 އިން ހަވީރު 4:00 އަށެވެ. ސިނޮފާމް ވެކްސިން ޖެހުން ކުރިޔަށް ގެންދަނީ ހޮސްޕިޓަލުގެ ގަރާޖް ސަރަހައްދުގައެވެ. ސިނޮފާމް ވެކްސިން ޖަހަން އެދޭ ފަރާތްތަކުން އައިޑީކާޑު ހިފައިގެން އެ ދެދުވަހު އެތަނަށް ދިއުމުން ވެކްސިން ޖެހުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށް ހޮސްޕިޓަލުން ހާމަކުރެއެވެ.

ސިނޮފާމް ވެކްސިން ޖެހުން މިބަންދުގައި ފަށަނީ

މި ޖުލައި މަހު 7 ގައި ވަނީ ކޮވިޝީލްޑް ދެވަނަ ޑޯޒް ޖެހުމަށް އަލުން ފަށާފައި ވެއެވެ. ނަމަވެސް އެންމެ ފަހުން ފުވައްމުލަކު ހޮސްޕިޓަލަށް ލިބުނު ކޮވިޝިލްޑް ވެކްސިން އެއްކޮށް ހުސްވުމާއި ގުޅިގެން ދެވަނަ ޑޯޒް ޖެހުން ވަނީ މެދުކަނޑާލާފައެވެ. އަދި އަލުން ސްޓޮކް ލިބުމުން ކޮވިޝިލްޑް ދެވަނަ ޑޯޒް ޖެހުން އަލުން ފަށާނެއެވެ.

ވެކްސިން ޖެހުމަކީ ކޮވިޑް-19 އިން ރައްކާތެރިކަމުގެ އެންމެ އިސްކަމެއް ދޭން ޖެހިފައިވާ ކަމަށްވާއިރު ވެކްސިން ޖެހުން މެދުކަނޑާ ނުލައި ބަންދު ދުވަސްތަކުގައި ވެސް ވެކްސިން ޖަހައި، ގިނަ ބަޔަކަށް ވީހާ ވެސް އަވަހަކަށް ދެ ޑޯޒް ފުރިހަމަކޮށްދީ ވެކްސިންގެ ރައްކާތެރިކަން ހޯދައިދޭން ޖެހެއެވެ.

މިހާތަނަށް ފުވައްމުލައް ސިޓީގައި ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމުލަ 5،941 ގައި ހުރި އިރު ދެވަނަ ޑޯޒް ޖެހި މީހުންގެ ޖުމުލަ 4،352 ގައި ހުރުމުން ފުރަތަމަ ޑޯޒް ޖަހައި ދެވަނަ ޑޯޒް ނުޖެހި އަދި 1،589 މީހުން ތިބޭނެއެވެ. މީގެތެރޭގައި ވެސް ކޮވިޝީލްޑް ދެވަނަ ޑޯޒް ނުޖެހި ތިބި މީހުން ގިނައިން ތިބޭނެ ކަމަށް ބެލެވެއެވެ.

ކޮވިޑް-19 ވެކްސިން ޖެހުން – 30 މެއި 2021 ފުވައްމުލައް ސިޓީ

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !