ކޮވިޑް-19 ބަލީގެ 94 އަހަރުގެ ފިރިހެނަކު ފުވައްމުލައް ސިޓީއިން މިއަދު (3 އޮގަސްޓް 2021) ނިޔާވެއްޖެއެވެ. މިއީ މިބަލީގައި ފުވައްމުލައް ސިޓީއިން ނިޔާވި ފުރަތަމަ މީހާއެވެ.
މިއަދު ނިޔާވީ މީހާއަކީ ކޮވިޑް-19ގެ އެއްވެސް އަލާމާތެއް ހުރެގެން މީގެ ކުރިން ރިޕޯޓް ކުރެވިފައިވާ މީހެއް ނޫން ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން މާއުލޫމާތު ދެއްވައެވެ. މިއަދު ހެނދުނު ފުވައްމުލަކު ހޮސްޕިޓަލަށް އެމީހާ ގެންދިޔައިރު ވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން ހާމަކުރެއެވެ.
މިއީ ރާއްޖޭގައި ކޮވިޑް ބަލީގައި ނިޔާވިކަމަށް ރެކޯޑު ކުރުވުނު 222 ވަނަ މީހާއެވެ.
ފުވައްމުލައް ސިޓީއިން މިހާތަނަށް 880 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު ހާލުދެރަވެގެން އިތުރު ފަރުވާދީފައިވަނީ 3 މީހަކަށެވެ. އެ ތިން މީހުންވެސް ފަރުވާދީފައި ވަނީ ކޮވިޑް-19 އަކަށް ނޫން ކަމަށާއި އެހެން ކަންކަމަށް ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ކުރިން ހާމަކުރައްވާފައި ވެއެވެ. އެތިން މީހުން އިތުރު ފަރުވާއަށް އައްޑޫ ސިޓީއަށް ބަދަލުވެސް ކުރިއެވެ. އެ 3 މީހުން ވެސް ބަލިން ރަނގަޅުވެފައި ވީ ފަހުން ދުވަސްތަކެއް ވެއްޖެއެވެ.

ކޮވިޑް-19 ފުވައްމުލަކު ހޮސްޕިޓަލުގެ ސާމްޕލް ނަގާ ޓީމެއް
ފުވައްމުލައް ސިޓީއިން ކޮވިޑް ބަލީ އެއްކޮށް ފިލައިގެން ނުދާތާ މިހާރު 3 މަހަށް ވުރެވެސް ގިނަ ދުވަސް ވީއެވެ. ސިއްހީ އިދާރާއިން ހާމަކުރައްވާ ގޮތުގައި ބަލީގެ ކޮންޓެކްތްނގެ މައުޅޫމާތު ފުރިހަމައަސް ނުލިބޭކަމަށާއި އެއިގެ ސަބަބުން އިތުރު މީހުންނަށް ބަލލެ ޖެހުމުގެ ފުރުސަތު ހުޅުވިގެން ދާކަށެވެ. އަދި އެފަރާތުން ތަކުރާރުކޮށްއެދެނީ ބަލިގެ ކޮންޓެކްޓުން އެހެން މީހުނާއި އެކަހެރިވެ އެކަން ކަމާއިބެހޭ ފަރާތްތަކަށް އަންގައި ރައްކާތެރިކަމުގެ ފިޔަވަޅު އިސްކުރުމަށެވެ.
ތިމާގައި ބަލީގެ ވައިރަސް ހުރެމެ، ބަލީގެ އެއްވެސް ނިޝާނެއް ނުފެނި ހުރުމަކީ މިބަލީގައި އާއްމު ކަމެކެވެ. ވުމާއެކު ބަައްޔަށް ޕޮޒިޓިވް ވެފައިވާ މީހަކާއި އެއްތަން ވިކަން އެނގޭނަމަ އެކަން ސިއްރުނުކޮށް ކަމާއި ބެހޭ ފަރާތްތަކަށް ހިއްސާ ކުރުމަށާއި އަދި ރައްކާތެރި ކަމާއެކު އެހެން މިހުނާއި އެކަހިރިވެ އުޅުމަށް ފުވައްމުލައް ޕަބްލިކް ހެލްތު ޔުނިޓުން އިލްތިމާސް ކުރެއެވެ.
ރަށުތެރޭގެ ސާމްޕަލް (ރޭންޑަމް، ފުލޫ ކްލިނިކް، އެކްޓިވް ސާވޭލަންސް) ތަކުން ބައްޔަށް ޕޮޒިޓިވް ވާ މީހުން ފެންނާތީ ފުވައްމުލައް ސިޓީ އަދިވެސް އޮތީ ކޮވިޑް-19ގެ މޮނިޓަރިން ހާލަތުގައެވެ.
އިއްޔެ، 2 އޮގަސްޓް 2021 ގައި 5 ފުވައްމުލައް ސިޓީއިން 5 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވެއެވެ. މިއެންމެންނަކީ ވެސް ކޮންޓެކްޓުންގެ ގޮތުގައި ތިބި ދިވެހިންނެވެ.
މިހާރު ބަލީގެ އެކްޓިވް ކޭސްގެ ގޮތުގައި 53 މީހުން އެބަތިއްބެވެ. މިހާތަނަށް ފުވައްމުލައް ސިޓީއިން ޖުމުލަ 880 މީހުން ބައްޔަށް ޕޮޒިޓިވްވެފައި ވާއިރު 80 މީހުން ބަލިން ރަނގަޅުވެފައި ވެއެވެ.

އިއްޔެގެ ކޮވިޑް އަދަދުތައް – ފސކ
އިއްޔެގެ ސާމްޕަލް ޓެސްޓްކުރުން
އަލަށް ނެގި ސާމްޕަލް 45 (ރަށުތެރޭ 38)
ނަތީޖާ ނުލިބޭ 64
ނަތީޖާ ލިބުނު 99 (ރަށުތެރޭ 53)
މިހާރު ފުވައްމުލައް ސިޓީގެ ކާފިއުގެ ވަގުތަކީ ރޭގަނޑު 11:00 އިން ފަތިހު 4:00 އަށެވެ.
މޮނިޓަރިންގައި އޮތުމުން ދަތުރުފަތުރުކުމުގެ ބޮޑެތި ދަތިތަކެއް ހުރުމުން، ބޭސްފަރުވާއަށާއި ޒަރޫރީ އެހެނިހެން ބޭނުންތަކަށް އައްޑޫ ސިޓީ އަށް ހަފުތާއަކު ދެ ދުވަހު ލޯންޗު ފެރީގެ ދަތުރުތައް ބޭއްވުމަށް ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ ހަމަޖައްސާފައެވެ. އެގޮތުން ފުރަތަމަ ދަތުރު މާދަމާ، 2 އޮގަސްޓް އަށް ލަސްކުރެވިފައެވެ. އާއްމުކޮށް މި ދަތުރުތައް ބާއްވަނީ ހަފުތާގެ ބުރާސްފައްޗާއި އާދީއްތަ ދުވަހުއެވެ.
ކޮވިޑް-19 ވެކްސިން އަޕްޑޭޓް (ހުކުރު ހޮނިހިރު ދެ ދުވަހު ވެކްސިން ޖެހުމެއް ނޯވޭ)
ފުރަތަމަ ޑޯޒް: އީދުގެ ފަހުން – އާއެކު ޖުމުލަ 5992
ދެވަނަ ޑޯޒް: އީދުގެ ފަހުން -، އާއެކު ޖުމުލަ 4،945
ޚިޔާލުތައް