A wide advertisement which will be shown on all devices. (700 x 100)

ކޮވިޑް ހާލަތު: އިއްޔެވެސް 18 މީހުން ޕޮޒިޓިވުވި

ފުވައްމުލަކު ސިޓީއިން ކޮވިޑަށް ޕޮޒިޓިވްވާ ނިސްބަތް ދަށްވުމަށްފަހު އަނެއްކާވެސް ގިނަ އަދަދަކަށް ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ. އިއްޔެ ފުވައްމުލަކު ސިޓީއިން 18 މީހުން ކޮވިޑަށް ޕޮޒިޓިްވވެފައިވަނީ 111 ސާމްޕަލެއްގެ ނަތީޖާއިންނެވެ. މި ނަތީޖާއާއިއެކު ކޮވިޑަށް ޕޮޒިޓިވްވާ ނިސްބަތް މިހާރު ހުރީ 16 އިންސައްތައިގައެވެ. އިއްޔެއަކީ ފާއިތުވީ މަހުގެ 16 ވަނަ ދުވަހުގެ ފަހުން ފުވައްމުލަކު ސިޓީއިން އެންމެ ގިނަ މީހުން ކޮވިޑް ރޯގާ އަށް ޕޮޒިޓިވުވި ދުވަހެވެ.

ފުވައްމުލަކުގެ ކޮވިޑް ރޯގާގެ އެކްޓިވް ކޭސްތަކަށް ބަލާއިރު މިރޯގާ ޖެހިފައި ތިބީ 142 މީހެކެވެ. އެއީ 141 ދިވެހިންނާއި 1 ބިދޭސީއެކެވެ. ފުވައްމުލަކު ސިޓީއިން މިހާތަނަށް ކޮވިޑް ރޯގާ އަށް ޕޮޒިޓިވުވި މީހުންގެ އަދަދު 1236 އަށްއަރައެވެ. މިރޯގާގައި މިހާތަނަށް ފުވައްމުލަކު ސިޓީއިން ނިޔާވެފައިވަނީ އެންމެ މީހެކެވެ. 5 މީހަކު ވަނީ އައްޑުއަށް އިތުރު ފަރުވާއަށް ފޮނުވާލެވިފައެވެ.

ފާއިތުވީ 7 ދުވަހުގެ ނިސްބަތަށް ބަލާއިރު ކޮވިިޑް ރޯގާ އަށް ޕޮޒިޓިވުވާ ނިސްބަތް އުޅެނީ 7.2 އިންސައްތާގައެވެ. އެއީ އޭގެ ކުރީ ދުވަހުގެ ނިސްބަތް ކަމަށްވާ 6.1 އާއި އަޅާ ބަލާއިރު 1.1 އިންސައްތައިގެ އިތުރުވުމެކެވެ.

އިއްޔެގ ނިޔަލަށް 165 ސާމްޕަލެއްގެ ނަތީޖާ ނުލިބިއެބަހުއްޓެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !