ފުވައްމުލައް ސިޓީގައި ކުރިޔަށް ގެންދާ މޫދު ކަސްރަތު ޕްރޮގްރާމުގެ ކޮވިޑް-19 އާއި ގުޅިގެން މެދުކެނޑިފައި އޮތުމަށްފަހު އާބުރެއް ފަށަން ތައްޔާރުވެއްޖެއެވެ. މިކަމަށް ހުޅުވާލައި ސިޓީ ކައުންސިލުން ވަނީ ނޯޓިސް އެއް އާއްމުކޮށްފައެވެ.
މޫދު ކަސްރަތު ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލާފައިވާއިރު މިޕްރޮގްރާމު ކުރިޔަށްގެންދާނެ ވަކި ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ. މި ޕްރޮގްރާމާއި ބައިވެރިވުމަށް 9894858 ނަމްބަރު ފޯނަށް ނަމާއި އެޑްރެސް އަދި ވައިބާ ނަމްބަރު ފޮނުވުމަށް ވަނީ ހުޅުވާލާފައެވެ. މިޕްރޮގްރާމުގައި ބައިވެރިވެވެނީ 15 އހަރުންމ މަތީގެ މީހުންނަށެވެ.

ސިޓީ ކައުންސިލުން ފުރުސަތު ހުޅުވާލި ނޯޓިސް
މިއަހަރުގެ މާރިޗު މަހުގެ ތެރޭގައި ވެސް މޫދާއި އެއްގަމު ކަސްރަތުގެ ޕްރޮގްރާމު ކުރިޔަށް ގެންދިއުމަށްހުޅުވާލިއެވެ. ނަމަވެސް ކޮވިޑް-19ގެ ސަބަބުން އެޕްރޮގްރާމު ކުރިޔަށް ގެންދެވިފައި ނުވާކަމަކަށް މައުލޫމާތު ލިބެއެވެ.
މިޕްރޮގްރާމުގެ ބުރުތަކެއް ފާއިތުވި 2020 ވަނަ އަހަރު ކުރިޔަށް ގެންގޮސްފައި ވެވެ.
ފުވައްމުލައް ސިޓީގައި ކުރިޔަށްގެންދެވުނު މޫދު ކަސްރަތު ޕްރޮގްރާމުގެ ތެރެއިން – ފޮޓޯ: މުސްލިމާ
ޚިޔާލުތައް