A wide advertisement which will be shown on all devices. (700 x 100)

ފިރިހެނުންނަށް ޚާއްސަ މޫދު ކަސްރަތު ޕްރޮގްރާމެއް

މޫދު ކަސްރަތު ޕްގްރާމު - ފުވައްމުލައް

ފުވައްމުލައް ސިޓީގައި ކުރިޔަށް ގެންދާ ކަސްރަތު ޕްރޮގްރާމުގެ އައު ބުރެއް ފެއްޓުމަށް ފުވައްމުލަކު އިޖުތިމާޢީ މަރުކަޒުން މިއަދު ހުޅުވާލައިފިއެވެ. މިފަހަރުގެ ކަސްރަތު ޕްރޮގްރާމްގެ މޫދު ކަސްރަތުގެ ބައި ޚާއްސަކޮށްފައި ވަނީ ފިރިހެނުންނަށެވެ.

މިފަހަރު ފަށާ ކަސްރަތު ޕްރޮގްރާމުގައި މޫދު ކަސްރަތުގެ އިތުރަސް އެއްގަމު ކަސްރަތު ވެސް ހިމެނއެވެ. އެއްގަމު ކަސްރަތު ޕްރޮގްރާމު ހުޅުވާލާފައިވަނީ ދެޖިންސްގެ މިހުންނަށެވެ.

މޫދު ކަސްރަތު ޕްގްރާމު – ފުވައްމުލައް

އާއްމުކޮށް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައިވާ މި ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެމީހެއްގެ ނަމާއި އެޑްރެސް އަދި ވަިއބާ ނަމްބަރު ލިޔުއްވުމަށްފަހު ސިޓީ ކައުންސިލްގެ 9894858 ނަމްބަރު ފޯނަށް މެސެޖުކުރުމަށް ވަނީ ހުޅުވާލާފައެވެ. މިޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2020 ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުގެ 14:00ގެ ކުރިން މެސެޖު ކުމުމަށް އާއްމުކޮށް ވަނީ އިއުލާން ކޮށްފައެވެ.

މޫދު ކަސްރަތު ޕްގްރާމު

މިއީ ދުޅަހެޔޮ ހަށިހެޔޮ މުޖުތަމައެއް ބިނާކުުރުމުގެ ގޮތުން ސަރުކާރުން ފައްޓަވާފައިވާ ސިޔާސަތުގެ ދަށުން ފުވައްމުލައް ސިޓީގައި ހިންގަން ފަށާފައިވާ ކަސްރަތު ޕްރޮގްރާމްގެ 5 ވަނަ ބުރެވެ.

އަދި މި ޕްރޮގްރާމާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯއްދެވުމަށް 9894858 ނަމްބަރު ފޯނާއި ގުޅުމުން ލިބޭގޮތަށް ވަނީ ހަމަޖެހިފައެވެ.

މީ ކުރިން މުޅިންވެސް ބާއްވާފައި ވަނީ އަންހެނުންނަށް ޚާއްސަކުރެވިގެން މޫދު ކަސްރަތުގެ ހަރަކާތްތަކެވެ. އެ ކަސްރަތު ޕްރޮގްރާމުތަކަށް ގިނަބައެއްގެ ތަރުޙީބު ލިބިގެން ގޮސްފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ކަސްރަތު ޕްރޮގްރާމުގެ ތެރެއިން

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • ޢަލީ

    އެހެންވެ ތާ ތިހިރީ ފިރިހުންގެ ފޮޱޯ