A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީގައި ކުރިޔަށްގެންދާ ކަސްރަތު ޕްރޮގްރާމުގެ އައު ބުރެއް ފަށަނީ

ފާއިތުވި އޮކްޓޯބަރު މަހު ކުރިޔަށް ގެންދިޔަ ކަސްރަތު ޕްރޮގްރާމުގެ ހަރަކާތްތަކުގެ ތެރެއިން

ފުވައްމުލައް ސިޓީގައި ކުރިޔަށް ގެންދާ ކަސްރަތު ޕްރޮގްރާމުގެ އައު ބުރެއް ފެއްޓުމަށް ފުވައްމުލަކު އިޖުތިމާޢީ މަރުކަޒުން ހުޅުވާލައިފިއެވެ. މިފަހަރުގެ ކަސްރަތު ޕްރޮގްރާމްގެ މޫދު ކަސްރަތާއި އެއްގަމު ކަސްރަތުގެ ބައި ހިމެނެއެވެ.

ދެޖިންސްގެ 15 އަހަރުން މަތީ މީހުންނަށް ހުޅުވާލަާފައިވާ މި ކަސްރަތު ޕްރޮގްރާމުގެ އެއްގަމު ކަސްރަތުގެ ބައިން ހުޅުވާލާފައި ވަނީ 30 ޖާގައެވެ.

މި އޮކްޓޯބަރު މަހު ކުރިޔަށް ގެންދިޔަ ކަސްރަތު ޕްރޮގްރާމުގެ ހަރަކާތްތަކުގެ ތެރެއިން

އާއްމުކޮށް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައިވާ މި ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެމީހެއްގެ ނަމާއި އެޑްރެސް އަދި ވައިބާ ނަމްބަރު ލިޔުއްވުމަށް ފަހު ސިޓީ ކައުންސިލްގެ ނަމްބަރު 9894858 ފޯނަށް މެސެޖުކުރުމަށް ވަނީ ހުޅުވާލާފައެވެ. މިފަހަރުގެ ބުރުގައި ބައިވެރިވާން އެދޭ ފަރާތްތަކުންމި އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހުގެ 14:00ގެ ކުރިން މެސެޖު ކުރުމަށް ވަނީ އިއުލާން ކޮށްފައެވެ.

މޫދު ކަސްރަތު ޕްގްރާމު

މިއީ ދުޅަހެޔޮ ހަށިހެޔޮ މުޖުތަމައެއް ބިނާކުުރުމުގެ ގޮތުން ސަރުކާރުން ފައްޓަވާފައިވާ ސިޔާސަތުގެ ދަށުން ފުވައްމުލައް ސިޓީގައި ހިންގަން ފަށާފައިވާ ކަސްރަތު ޕްރޮގްރާމްގެ 6 ވަނަ ބުރެވެ.  މި ކަސްރަތު ޕްރޮގްރާމަށް ގިނަބައެއްގެ ތަރުޙީބު ލިބިގެން އަންނަކަމަށް މައުލޫމާތު ލިބެއެވެ.

މި ޕްރޮގްރާމާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯއްދެވުމަށް 9894858 ނަމްބަރު ފޯނާއި ގުޅުމުން ލިބޭގޮތަށް ވަނީ ހަމަޖެހިފައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !