ދުނިޔޭގެ ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން ‘ފުވައްމުލައް ކަލަ ރަން’ ނަމުގައި ދުވުމެއް ބޭއްވުމަށް ޔުނިކްސް ސްޕޯޓްސް އާއި ގުޅިގެން ފުވައްމުލައް ސިޓީ ކައުންސިލުން އަންނަނީ ތައްޔާރުވަމުންނެވެ.
މި ދުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ، 26 ނޮވެމްބަރުގެ ހަވީރު 4:00 ގައެވެ. މިދުވުމުގައި ބައިވެރިވާ ފަރާތްތައް މިމަހުގެ 14 ގެ ކުރިން ވަނީ ރަޖިސްޓްރީކޮށް ނިންމާފައެވެ. ދުވުމުގައި ބައިވެރިވާ ފަރާތްތަކަށް ޓީޝަޓް ދޫކުރުމަށް މިއަދު ވަނީ ހަމަޖެހިފައެވެ.

ފުވައްމުލައް ކަލާ ރަން 26 ނޮވެމްބަރު 2021
މި ދުވުން ސްޕޮންސާކޮށްފައި ވަނީ ލޮޓަސް ބައިކް ފިހާރައިންނެވެ. މިދުވުމުގެ ކަންކަން އިންތިޒާމު ކުރުމުގައި އެވެއާ ސޮސައިޓީ އާއި ފުވައްމުލައް ރަނާސް ކްލަބުގެ އިތުރުން ރަން ފޯ މޯލްޑިވްސް އިން ބައިވެރިވެއެވެ.
މިދުވުމާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން 7388536 އަށް ގުޅުއްމަށް އިނތިޒާމު ކުޜާ ފަރާތުން އެދިފައި ވެއެވެ.
ޚިޔާލުތައް