A wide advertisement which will be shown on all devices. (700 x 100)

ތިމާވެށީގެ ދުވަހުގައި މިފަހަރު ބާއްވާ ދުވުން -“އޮންލީ ވަން އާތް ރަން 2022”

ތިމަވެށިގެ ދުވ

މިއަހަރު ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފުވައްމުލައް ސިޓީގައި “އޮންލީ ވަން އާތް ރަން 2022” ނަމުގައި ދުވުމެއް ބާއްވަން ނިންމައިފިއެވެ.

މިއީ މިނިސްޓްރީ އޮފް އެންވަޔަރަމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާއި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ދުވުމެކެވެ. މި ދުވުމުގެ މަގުސަދަކީ ދެމެހެއްޓެނިވި ދަތުރުފަތުރު ކުރުމުގެ  ގޮތްތަކަށް ހިތްވަރުދިނުމާއި، ކަސްރަތު ކުރުމަށާއި ހަރަކާތްތެރިވެ އުޅުމަށް، މުޖުތަމައަކީ ފަރުދުންގެ ތަނެއްކަމުގެ އިހުސާސްކުރުވުމަށް ބާރު އެޅުމާއި އަދި ތިމާވެއްޓާއި އެތަނެއްގެ ވަސީލަތްތައް ރައްކާތެރިކަމާއެކު ހިމާޔަތް ކޮށްބެލެހެއްޓުމަކީ ފަރުދުންގެ ޒިންމާއެއްކަމުގައި ދެކިގެން މަސައްކުރުމާއި މުޖުތަމިއުގެ އެހެން މީހުންނަށް ތިމާވެށި ހިމާޔަށް ކުރުމުގެ ޖޯޝު އުފެއްދުން ކަމަސް ތިމާވެއްޓާއި ބެހޭ މިނިސްޓްރީއިން ހާމަކުރެއެވެ.

މި ދުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ޖޫން މަހު 4 (4 ޖޫން 2022) ވާ ހޮނިހިރު ދުވަހުގެ ހެނދުނު އެވެ. ފަސް ކިލޯމީޓަރުގެ މިދުވުން ފެށުމަށް ހަމަޖެހިފައި ވަނީ ހެނދުނު 6:30 ގައި ފުވައްމުލައް ސްޓޭޑިއަމް އިންނެވެ.

މިދުވުމުގައި ބައިވެރިވުމުގެ ފުރުސަތު އާއްމުކޮށް ވަނީ ހުޅުވާލާފައެވެ. ބަިއވެރުވުމަށް ރަޖިސްޓަރީ ކުރުމުގެ ސުންގަޑި އަކީ 22 މެއި 2022 ވާ އާދިއްތަ ދުވަހެވެ.

މިކަމާއި ގުޅޭ އިތުރު މައުލޫލާތާއި ބައިވެރިވުމަށް ފުރިހަމަ ކުރަން ޖެހޭ އޮންލައިން ފޯމް މި ލިންކް އިން ލިބޭނެއެވެ. ދުވުމުގެ ބައިވެރިން ބޭނުންކުރުމަށް މިކަމަށް ޚާއްސަ ޓީޝާޓެއް ވެސް ތައްޔާރުކުރުމަށް ހަމަޖެހިފައި ވެއެވެ.

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !