A wide advertisement which will be shown on all devices. (700 x 100)

ދުޅަހެޔޮ ހަށިހެޔޮ ކަސްރަތު ޕްރޮގްރާމުގެ 4 ވަނަ ބުރުގައި ބައިވެރިވުމަށް ހުޅުވާލައިފި

މާލޭގައި ކުރިޔަށްގެންދިޔަ މޫދު ކަސްރަތު އިންސްޓްރަކްޓަރުން ތަމްރީނުކުރުމުގެ ހަރަކާތުގެ ތެރެއިން

ދުޅަހެޔޮ ހަށިހެޔޮ މުޖުތަމައެއް ބިނާކުުރުމުގެ ގޮތުން ސަރުކާރުން ފައްޓަވާފައިވާ ސިޔާސަތުގެ ދަށުން ފުވައްމުލައް ސިޓީގައި ހިންގަން ފަށާފައިވާ ކަސްރަތު ޕްރޮގްރާމްގެ 4 ވަނަ ބުރުގައި ބައިވެރިވުމުގެ ފުރުސަތު ފުވައްމުލައް ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.

ކަސްރަތު ޕްރޮގްރާމުގެ 4 ވަނަ ބުރު ފެށުމަށް ހަމޖެހިފައި ވަނީ އަންނަ ޖެނުއަރީ މަހު 9 ވަނަ ދުވަހުއެވެ.

އުމުރުން 15 އަހަރުން މަތީގެ މީހުންނަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައިވާ މިޕްރޮގްރާމުގައި މޫދު ކަސްރަތާއި އެއްގަމު ކަސްރަތު ހިމެނެއެވެ. މި ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެކަމަށް ކަނޑައެޅިފައިވާ ފޯމު ފުރިހަމަ ކުރެއްވުމަށް ފަހު 20202 ޖެނުއަރީ މަހުގެ 7 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ސިޓީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުމަށް އާއްމުކޮށް އިއުލާން ކޮށްފައި ވެއެވެ.

މިޕްރޮގްރާމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ނަމާއި އެޑްރެސް، އައިޑީ ނަމްބަރު އަދި ވައިބަރ ކޮންޓެކްޓް ނަމްބަރު ސިޓީ ކައުނސިލްގެ 9894858 ނަމްބަރު ފޯނަށް މެސެޖުކޮށްގެން ބައިވެރިވެވޭ ގޮތަސ ްވަނީ ހަމަޖެހިފައެވެ. އަދި މި ޕްރޮގްރާމާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯއްދެވުމަށް 9894858 ނަމްބަރު ފޯނާއި ގުޅުމުން ލިބޭގޮތަށް ވަނީ ހަމަޖެހިފައެވެ.

މީގެ ކުރިން ބޭއްވި މިޕްރޮގްރާމުގެ ފުރަތަމަ ބުރު ފައިތުވި ޖޫން މަހު އަދި 2 ވަނަ ބުރު ފާއިތުވި އޮކްޓޯބަރު، އަދި 3 ވަނަ ބުރު މި ނިމޭ ޑިސެމްބަރު މަހުގެ ތެރޭގައި ވަނީ ބާއްވާފައެވެ.

މި ކަސްރަތު ޕްރޮގްރާމަށް ވަރަށް ބޮޑު ތަރުޙީބެއް ލިބިގެން ގޮސްފައިވާކަމަށް މައުލޫމާތު ލިބެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !