A wide advertisement which will be shown on all devices. (700 x 100)

ދުޅަހެޔޮ ހަށިހެޔޮ ކަސްރަތު ޕްރޮގްރާމުގެ 3 ވަނަ ބުރުގައި ބައިވެރިވުމަށް ހުޅުވާލައިފި

ފާއިތުވި ޖޫން މަހުގެ ތެރޭގައި ބޭއްވުނު ކަސްރަތު ޕްރޮގްރާމުގެ ފުރަތަ ބުރުގެ ތެރެއިން

ދުޅަހެޔޮ ހަށިހެޔޮ މުޖުތަމައެއް ބިނާކުުރުމުގެ ގޮތުން ސަރުކާރުން ފައްޓަވާފައިވާ ސިޔާސަތުގެ ދަށުން ފުވައްމުލައް ސިޓީގައި ހިންގަން ފަށާފައިވާ ކަސްރަތު ޕްރޮގްރާމްގެ 3 ވަނަ ބުރުގައި ބައިވެރިވުމުގެ ފުރުސަތު ފުވައްމުލައް ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.

އުމުރުން 15 އަހަރުން މަތީގެ މީހުންނަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައިވާ މިޕްރޮގްރާމުގައި މޫދު ކަސްރަތާއި އެއްގަމު ކަސްރަތު ހިމެނެއެވެ. މި ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެކަމަށް ކަނޑައެޅިފައިވާ ފޯމު ފުރިހަމަ ކުރެއްވުމަށް ފަހު ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ސިޓީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުމަށް އާއްމުކޮށް އިއުލާން ކޮށްފައި ވެއެވެ.

މިޕްރޮގްރާމާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯއްދެވުމަށް 9894858 ނަމްބަރު ފޯނާއިގުޅުމުން ލިބޭގޮތަށް ވަނީ ހަމަޖެހިފައެވެ.

މީގެ ކުރިން ބޭއްވި މިޕްރޮގްރާމުގެ ފުރަތަމަ ބުރު ފައިތުވި ޖޫން މަހު އަދި 2 ވަނަ ބުރު ފާއިތުވި އޮކްޓޯބަރު މަހުގެތެރޭގައި ވަނީ ބާއްވާފައެވެ. ކަސްރަތު ޕްރޮގްރާމަށް ވަރަށް ބޮޑު ތަރުޙީބެއް ލިބިގެން ގޮސްފައިވާކަމަށް މައުލޫމާތު ލިބެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !