ދިވެހިންނަށް ވިސާއާއި ނުލައި އިންޑިއާއަށް ދަތުރުކުރެވޭ ގޮތް ހަމަޖައްސައިފިއެވެ. އެގޮތުން ކުރިން ވިސާ ނުނަގައި ދަތުރުކުރެވޭ ގޮތަށް ހަމަޖެހިފައި ވަނީ މި އޮކްޓޯބަރު މަހު 15 ވަނަ ދުވަހުން ފެށިގެންނެވެ.
މި ޚާއްސަ ހުއްދައިގެ ދަށުން ބޭސްފަރުވާއާށާއި ވިޔަފާރި ކަމުގައި އަދި ޗުއްޓީ ހޭދަކުރުމަށް ވިސާ ކުރިން ނުނަގަިއ ދަތުރުކުރެވެނެއެވެ. މީގެ ސަބަބުން ގިނަ ދިވެހިންނަށް ވަރަށް ބޮޑު ލުއިތަކެއް ލިބިގެންދާނެއެވެ. ދިވެހިންގެ ގިނަބަޔަކު އިންޑިއާގެ ބޭސްވެރިކަމަށް ބުރަވެފައިވާއިރު އިންޑިއާއަށް ދަތުރުކުރުމުގައި ވިސާ ހޯދަން ދިމާވާ ތަކުލީފުތަކަށް މިަކން ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
ނަމަވެސް ކިޔެވުމަށް އިންޑިއާއަށް ދާ މީހުން ވިސާ ނަގަން ޖެހޭނެއެވެ. ވިސާ ނަގަން ޖެހޭ މީހުން މަދުވުމަކީ ވިސާ ލިބުމުގައި އަވަސްވެ ފަސޭހަވެގެން ދާނެ ކަމެއް ކަމަށް ބެލެވެއެވެ.
އިންޑިއާ އެމްބަސީއިން ހާމަކޮށްފައިވާ ގޮތުގައި ކޮވިޑް-19ގެ ބަންދުތަކަށް ފަހު ވިސާއާއި ނުލައި އިންޑިއާއަށް ދަތުރުކުރެވޭ އެނެމް ފުރަތަމަ ގައުމަކަށ ްދިވެހިރާއްޖެ ވެގެން ދާނެކަމަށެވެ. އިންޑިއާ ސަރުކާރުގެ މިނިންމުމާއެކު 2018ގެ ޑިސެމްބަރު މަހު ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާއި ދެމެދު ގާއިމުކޯށްފައިވާ “ވިސާ ފްރީ އެގްރީމަންޓް” އަށް އަލުން އަމަލުކުރަން ފެށޭނެއެވެ.

ދިވެހިރާއްޖެއާއި ދުރު-ސަރަހައްދީ ގައުމުތައް
މި ފަދަ ވިސާ އެގްރީމަންޓްތަކުގެ ދަށުން ދަތުރުށް އެންމެ ގިނަވެގެން ވެސް ހުރެވޭނީ ފަހަރަކު 3 މަސް ދުވަހަށެވެ. އަދި އަހަރަކު ގިނަވެގެން 6 މަސްދުވަހުގެ މުއްދަތަށެވެ. ކިތަންމެ ގިނަފަހަރަކު ދަތުރުކޮށް ގެންވެސް އެއްއަށް ވުރެ އިތުރަށް ހުރުކަމީ ވިސާ އުސޫލާއި ޚިލާފުވުން ކަމަށްބަލައި ގާނޫނީ ފިޔަވަޅު އެޅޭނެކަމެކެވެ.
ޚިޔާލުތައް