A wide advertisement which will be shown on all devices. (700 x 100)

ދިވެހި ގައުމީ ޓީމަށް ހިތްވަރުދިނުމުގެ ސައިކަލް ބުރެއް މިއަދު ހަވީރު

ސާފް ޗެމްޕއިންޝަިޕް 2021 މާލ

ދިވެހި ގައުމީ ޓީމަށް ހިތްވަރުދިނުމުގެ ގޮތުން މިއަދު ހަވީރު ފުވައްމުލައް ސިޓީގައި ސައިކަލު ބުރެއް ޖެހުމަށް ފުވައްމުލަކު ޒުވާނުން ތައްޔާރުވެފައިވާ ކަމަށް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ.

އެގޮތުން މިއަދުގެ ސައިކަލު ބުރު ފެށުމަށް ހަމަޖެހިފައި ވަނީ ހަވީރު 4:00 އިން ބަނދަރު ސަރަހައްދުންނެވެ. މި ސައިކަލު ބުރުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވެ ދިނުމަށް ފުވައްމުލަކު ޒުވާނުންގެ ފަރާތުން އެދިފައި ވެއެވެ.

މިސައިކަލް ބުރުން ދައްކުވަިއދެނީ ދިވެހި ގައުމީޓީމާއެކު ފުވައްމުލައް ސިޓީގެ ރައްޔިތުން ތިބި ކަން ކަމަށް ހާމަކުރައްވައެވެ.

ސާފް ޗެމްޕިއަންޝިޕް ފުޓީބޯޅަ މުބާރާތުަގއި މިރޭ އިންޑިއާއާި ދެކޮޅަށް ގަލުޅޮ ދަނޑުގައި ކުޅެ މެޗަކީ ރާއްޖޭގެ ޓީމު މުބާރާތުގެ ފައިނަލަށް ދިއުމަށް ވަރަށް މުހިންމު މެމޗެކެވެ. މިމެޗުން މޮޅުވެގެން އަދި އެއްވަރުވެގެން ވެސް ރާއްޖޭގެ ޓީމަށް ފައިނަލަށް ދެވޭނެއެވެ.

ނަމަވެސް މެޗުން ބަލިވެއްޖެ ނަމަ ރާއްޖޭގެ ޓީމު ފައިނަލަށް ނުދާނެއެވެ. އިންޑިއާ ޓިމަކީ މިސަރަހައްދުގެ އެނެމް ވަރުގަދަ ފުޓުބޯޅަ ޓީމެވެ. އެމީމުން ވަނީ ސަރަހައްދީ ފުޓުބޯޅައިގެެ 7 ތަށި ހޯދައި ރާއްޖޭގެ މައްޗަށް 14 ފަހަރު މޮޅު ވެފައެވެ. ރާއްޖޭގެ ޓީމަށް އިންޑިއާ ޓީމުގެ މައްޗަށް ކުރި ހޯދުނީ މަދު ފަހަރެއްގައެވެ. އެއިގެތެރެއިން ވެސް އެނެމް ފާހަގަ ކުރެވެނީ 2008 ގެ ސާފް ޗެމްޕިއަންކަން ފައިނަލުގައި އިންޑިއާ ބަލިކޮށް ލަންކާގައި ހޯދި ފަހަރެވެ.

މިފަހަރުގެ މުބާރާތުގައި ފައިނަލަށް ދާން އެންމެ ބޮޑަށް ވާދަކުރާނީ ނޭޕާލް އިންޑިއާ އަދި ދިވެހި ރާއްޖެއެވެ.

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !