A wide advertisement which will be shown on all devices. (700 x 100)

އެޑިއުކޭޝަން މިނިސްޓަރާއެކު އިސް މުވައްޒަފުންގެ ޓީމެއް ފުވައްމުލައް ސިޓީގެ ސްކޫލްތަކަށް ޒިޔާރަތް ކުރައްވަމުން އެބަގެންދަވާ

ހޭޒްގެ މުވައްޒަފުންނާއެކު އިއްޔެ އެޑިއކޭޝަން މިނިސްޓްރީއިން ބޭއްވި ބައްދަލުވުން 2021

އެޑިއުކޭޝަން މިނިސްޓަރު ޑރ.އާއިޝަތު އަލީ އާއި އެމިނިސްޓްރީގެ އިސް މުވައްޒަފުންގެ ޓީމެއް ފުވައްމުލައް ސިޓީގެ ސްކޫލްތަކަށް ޒިޔާރަތް ކުރައްވަމުން އެބަގެންދަވައެވެ. އެޑިއުކޭޝަން މިނިސްޓަރުގެ މިދަތުރުފުޅުގައި ހާފިޒު އަހުމަދު ސްކޫލާއި ފުވައްމުލަކު ސްކޫލުގެ މުވައްޒަފުންނާއެކު ދެ ބައްދަލުވުމެއް އިއްޔެ ބާއްވާފައި ވެއެވެ.

އަދި މިއަދު ފުވައްމުލައ ސިޓީގެ ހުރިހާ ސްކޫލްތަކެއްގެ އިސް މުވައްޒަފުންނާއެކު ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަމަށް މައުލޫމާތު ލިބެއެވެ.

ހޭޒްގެ މުވައްޒަފުންނާއެކު އިއްޔެ އެޑިއކޭޝަން މިނިސްޓްރީއިން ބޭއްވި ބައްދަލުވުން 2021

ހާފިޒު އަހުމަދު ސްކޫލްގެ މުވައްޒަފުންނާއެކު އެސްކޫލުގެ ހޯލުގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި މުވައްޒަފުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވައި މަޝްވަރާ ކުރައްވާފައި ވެއެވެ. އަދި ދަރިވަރުންގެ ކިޔެވުން އިތުރަށް ތަރައްޤީ ކުރެވޭނެ ގޮތްތަކާބެހޭ ގޮތުން ވެސް މިބައްދަލުވުމުގައި މަޝްވަރާކުރެއްވި ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ހާމަކުރައްވައެވެ. ދާދިފަހުން އެޑިއުކޭޝަން މިނިސްޓްރީއަށް އެސްކޫލުގެ ބެލެނިވެރިންނާއި ބައެއް މުވައްޒަފުންގެ ޝަކުވާތަކެއް ހުށަހެޅި ބަލުމުން އާދެއެވެ. އަދި އެކަމާއި ގުޅިގެން ފުވައްމުލައް ސިޓީގެ ރައްޔިތުންގެ މަޖުލީހުގެ 3 މެމްބަރުން އެޑިއުކޭޝަން މިނިސްޓާރާއި އެކު މާލޭގައި ބޭއްވި ބައްދަލުވުމުގައި، އެމައްސައްލަތައް އިތުރަށް ބެލުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ޓީމެއް ފުވައްމުލައް ސިޓީއަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށް ކުރިން މައުލޫމާތު ލިބިފައި ވެއެވެ.

ހޭޒްގެ މުވައްޒަފުންނާއެކު އިއްޔެ އެޑިއކޭޝަން މިނިސްޓްރީއިން ބޭއްވި ބައްދަލުވުން 2021

ހާފިޒު އަހުމަދު ސްކޫލުގެ ޕްރިންސިޕަލް، އިމްތިހާޒު އަހުމަދު ވަނީ މެދުޓާމު ބަންދުގައި ކުރު ޗުއްޓީއަކަށް މާލެ ވަޑައިގެންފައެވެ. ޗުއްޓީއަށް ފަހު ޕްރިންސިޕަލް އަދި އަނބުރާ ފުވައްމުލައް ސިޓީއަށް ވަޑައިގެންފައެއް ނުވެއެވެ. ނަމަވެސް މައުލޫމާތު ލިބޭ ގޮތުގައި ވަރަށް އަވަހަށް ޕްރިންސިޕަލް ފުވައްމުލައް ސިޓީއަށް ވަޑައިގަންނަވާނެއެވެ. ޕްރިންސިޕަލް މެދުޓާމު ޗުއްޓީގައި ވަޑައިގަތީ އާއިލާ ފުވައްމުލައް ސިޓީއަށް ބަދަލުކުރެއްވުމަށް ކަމަށް ވެއެވެ.

އެފްއެސްގެ މުވައްޒަފުންނާއެކު އިއްޔެ އެޑިއކޭޝަން މިނިސްޓްރީއިން ބޭއްވި ބައްދަލުވުން 2021

ރޭ ފުވައްމުލަކު ސްކޫލް ގޯތިތެރޭގައި އެޑިއުކޭޝަން މިނިސްޓްރީގެ ޓީމުން ވަނީ އެސްކޫލުގެ މުވައްޒަފުންނާއެކު ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި ވެސް މުވައްޒަފުންގެ ހުރި ކަންބޮޑުވުންތައް އޮޅުން ފިލުއްވައި، ދަރިވަރުންގެ ކިޔެވުން އިތުރަށް ތަރައްޤީ ކުރެވޭނެ ގޮތްތަކާބެހޭ ގޮތުން މަޝްވަރާކުރެއްވި ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ހާމަކުރައްވައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !