A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީގެ މަސްޖިދުލް ހުދާ އިމަރާތުގެ ބިންގާއެޅުމުގެ ރަސްމިއްޔާތު ބާއްވައިފި

ލިލީ މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު 27 އޮކްޓޯބަރު 2021

ފުވައްމުލައް ސިޓީ މިސްކިތްމަގު އަވަށުގެ ލިލީ މިސްކިތް (މަސްޖިދުލް ހުދާ) އަލުން ބިނާކުރުމަށް އިމަރާތުގެ ބިންގާއެޅުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ. މިރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓާރ ޑރ. އަހުމަދު ޒާހިރު އާއި ރައިސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމުގެ އިތުރުން ފުވައްމުލަކު މެދުދާއިރާގެ ރައްޔިތުންގެ މަޖުލީހުގެ މެމްބަރު ހުސޭން މުހައްމަދު ދީދީއާއި މެޔަރު އިސްމާއިލް ރަފީގު ބައިވެރިވެވަޑައިގައތެވެ.

ލިލީ މިސްކިތުގެ ބިންގާ އެލުމުގެ ރަސްމިއްޔާތަށް ނާއިބުރައީސް 27 އޮކްޓޯބަރު 2021

މިސްކިތުގެ ބިންގާ އެޅުމުގެ ގޮތުން، ރައިސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމު އާއި އިސްލާމިކް މިނިސްޓާ ޑރ. އަހުމަދު ޒާހިރު އާއި މޭޔަރު އިސްމާއިލް ރަފީގު، އަދި އެމްޕީ ހުސޭން މުހައްމަދު ދިދީ ވަނީ އިމާރާތުގެ ބުޑުއެޅުމަށް ކޮންކްރިޓް އަޅުއްވާދެއްވާފައެވެ.

މަސްޖިދުލް ހުދާ (ލިލީ މިސްކިތް) އަލުން އިމާރާތް ކުރުމުގެ މަސައްކަތް ކުރަނީ “އަ މޭން ކޮންސްޓްރަކްޝަން” ކުންފުނިންނެވެ. މިމަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ފާއިތުވި އޮސްޓް މަހު 8 ވަނަ ދުވަހުއެވެ. އެގޮތުން މިސްކިތުގެ މަސައްކަތް ނިންމަން ޖެހެނީ 333 ދުވަހުގެ ތެރޭގައެވެ. އެއީ 11 މަސްދުވަހެވެ.

ލިލީ މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު 27 އޮކްޓޯބަރު 2021

ކުރީގެ ލިލީމިސްކިތް ކުދަވުމުގެ ސަބަބުން ތަޅާލައި މިސްކިތު ސަރަހައްދު ބޮޑު ކުރުމަށްފަހު އަލަށް މިސްކިްތ އަލަނީ ދެ ބުރިއަށެވެ.

މަސްޖިދުލް ހުދާ އިމާރާތުގެ ޑިޒައިންގެ ގިނަ ކުރެހުންތަކެއް ފުވައްމުލައް ސިޓީ ކައުންސިލުން ކުރިން އާއްމުކޮށްފައި ވެއެވެ. އެގޮތުން މިސްކިތުގެ ތަފާތު އެލެވޭޝަންގެ ކުރެހުންތަކާއި މިސްކިތުގެ އެތެރެ ހުންނާނެ ގޮތުގެ ކުރެހުންވެސް ހިމެނެއެވެ. މި މިސްކިތް ޑިޒައިންކޮށްފައި ވަނީ އެޕޯޗް އެސޯސިއޭޝަނުންނެވެ.

މަސްޖިދުލް ހުދާ އިމާރާތުގެ ޑޒައިން- އެތެރެ ހުންނަ ގޮތް- ކުރެހުންމި މަސައްކަތުގެ ބީލަން ކުރިޔަށް ގެންގޮސްފައި ވަނީ ނެޝަނަލް ކޮމްޕެޓިޓިވް ބިޑިން (އެން.ސީ.ބީ)ގެ އުސޫލުންނެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !