A wide advertisement which will be shown on all devices. (700 x 100)

މަސްޖިދުލްހުދާ އަލުން އިމާރާތްކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށް

ފުވައްމުލަކު ސިޓީގެ މިސްކިތްމަގު އަވަށުގެ ލިލީ މިސްކިތް (މަސްޖިދުލް ހުދާ) އަލުން ބިނާކުރުމުގެ މަސައްކަތް ފެށިގެން ބާރު ސްޕީޑުގައި ކުރިއަށްދާކަމަށް މިކަލް ނޫހަށް މައުލޫމާތު ލިބެއެވެ. މިމަސައްކަތް ކުރިއަށް ގެންދަނީ “އަ މޭން ކޮންސްޓްރަކްޝަން” ކުންފުނިންނެވެ. މިދޔަ އޮކްޓޫބަރު މަހު 27 ވަނަ ދުވަހު ބިންގާ އެޅުނު މިމިސްކިތް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ފާއިތުވި އޮސްޓް މަހު 8 ވަނަ ދުވަހުއެވެ. އެގޮތުން މިސްކިތުގެ މަސައްކަތް ނިންމަން ޖެހެނީ 333 ދުވަހުގެ ތެރޭގައެވެ. މިމުއްދަތު ހަމަވާނީ އަންނަ އަހަރު ސެޕްޓެންބަރަށެވެ.

މަސްޖިދުލް ހުދާ އަލުން ބިނާކުރުމުގެ މަޝްރޫއުގެ ބިންގާއެޅުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިދިޔަ އޮކްޓޫބަރު މަހު 27 ވަނަ ދުވަހުއެވެ. އެރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އާއި ރައިސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމުގެ އިތުރުން ފުވައްމުލަކު މެދުދާއިރާގެ ރައްޔިތުންގެ މަޖުލީހުގެ މެމްބަރު ހުސޭން މުހައްމަދު ދީދީއާއި މޭޔަރު އިސްމާއިލް ރަފީގު ބައިވެރިވެވަޑައިގަތެވެ.

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !