A wide advertisement which will be shown on all devices. (700 x 100)

ލިލީ މިސްކިތް އަލުން އިމާރާތްކުރުމަށް މިއަދުން ފެށިގެން ބަންދުކުރަނީ

މަސްޖިދުލް ހުދާ އަލުން އިމާރާތްކުރުމަށް މސްކިތް ބަންދުކުރަނީ

ފުވައްމުލައް ސިޓީ ލިލީ މިސްކިތް (މަސްޖިދުލް ހުދާ) އަލުން އިމާރާތް ކުރުމުގެ މަސައްކަތަށް އެމިސްކިތް ބަންދުކުރުމަށް ފުވައްމުލައް ސިޓީ ކައުންސިލުން ނިންމައިފިއެވެ. އެގޮތުން މިއަދު (5 އޮގަސްޓް 2021) މެންދުރު ނަމާދަށް ފަހު އެމިސްކިތް ބަންދު ކުރެވޭނެކަމަށް އާއްމުކޮށް އިއުލާންކޮށްފައި ވެއެވެ.

ލިލީ މިސްކިތަކީ ވަރަށް ކުޑަ ޖާގައެއް ގައި ހުރި މިސްކިތެކެވެ. ވުމާއެކު އެތަނުގައި އަލަށް އިމާރާތް ކުރާ މިސްކިތަކީ ދެ ބުރިއަށް ހަދާ މިސްކިތެކެވެ. މި

މަސްޖިދުލް ހުދާ އިމާރާތުގެ ޑިޒައިންމަސްޖިދުލް ހުދާގެ ގިނަ ކުރެހުންތަކެއް ފުވައްމުލައް ސިޓީ ކައުންސިލުން ކުރިން އާއްމުކޮށްފައި ވެއެވެ. އެގޮތުން މިސްކިތުގެ ތަފާތު އެލެވޭޝަންގެ ކުރެހުންތަކާއި މިސްކިތުގެ އެތެރެ ހުންނާނެ ގޮތުގެ ކުރެހުންވެސް ހިމެނއެވެ. މި މިސްކިތް ޑިޒައިންކޮށްފައި ވަނީ އެޕޯޗް އެސޯސިއޭޝަނުންނެވެ.

މިސްކިތް މިއަދު ބަންދުކުރުމުން ހާމަވެގެން ދަނީ އެމިސްކިތުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވަނީކަމަށެވެ.

މިސްކިތްމަގު އަވަށުގެ އެމިސްކިތް އެޅުމަށް މިއަހަރު މާރިޗު މަހު ފިނޭންސް މިނިސްޓްރީން ދެވަނަ ފަހަރަށް ހުޅުވާލި ބިޑް ކާމިޔާބު ކޮށްފައި ވަނީ އަ މޭން ކޮންސްޓްރަކްޝަން ކޮމްޕެނީ އިންނެވެ. މި މަސައްކަތުގެ އަގާއި މަސައްކަތް ނިންމަން ކަނޑައޅާފައިވާ މުއްދަތު ސާފުވާނޭ ގޮތެއް ވަނީނުވެފައެވެ.

މަސްޖިދުލް ހުދާ އިމާރާތުގެ ޑޒައިން- އެތެރެ ހުންނަ ގޮތް- ކުރެހުންމި މަސައްކަތުގެ ބީލަން ކުރިޔަށް ގެންގޮސްފައި ވަނީ ނެޝަނަލް ކޮމްޕެޓިޓިވް ބިޑިން (އެން.ސީ.ބީ)ގެ އުސޫލުންނެވެ. މި ބީލަމު ބައިވެރި ކުރެވެނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަގެ “ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ކުރާފަރާތްތަކުގެ ގަވާއިދު” ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ. ބިޑް ސެކިޔުރިޓީގެ ގޮތުގައި 148 ދުވަހަށް 60,000 ދިވެހި ރުފިޔާ (ފަސްދޮޅަސް ހާސް ދިވެހިރުފިޔާ) ބަހައްޓަން ޖެހެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !