ހޯދަޑު އަވަށުގެ މެދުތެރޭގައި ހުންނަ މަސްޖިދުލް ފަލާހު އަލުން އިމާރާތް ކުރުމަށް ބަންދުކޮށްފިއެވެ.
މި މިސްކިތް ބަންދުކޮށްފައި ވަނީ 13 މެއި 2023 ވީ ހޮނިހިރު ދުވަހުގެ ފަތިސް ނަމާދުން ފެށިގެން ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ.
މަސްޖިދުލް ފަލާޙާކީ ފުވައްމުލައް ސިޓީގައި ހުކުރު ނަމާދު ކުރާ 10 މިސްކިތުގެ ތެރެއިން ވެސް ނިސްބަތުން އެންމެ ކުޑަ މިސްކިތެވެ.
މަސްޖިލުން ފަލާހު އަލުން އިމާރާތް ކުރަނީ ފުވައްމުލަކު އުތުރު ދާއިރާގެ މަޖުލިސް މެމްބަރު މުހައްމަދު ރަޝީދު (ދޮންބެ) ގެ އަމިއްލަ އިސްނެންގެވުމަކަށް ކަމަށް މިކަލް ނޫހަށް މައުލޫމާތު ލިބިފައި ވެއެވެ. ފަހުގެ ޒަމާނީ ފެންވަރަށް އަލުން މި މިސްކިތް އިމާރާތް ކުރުމުގެ ހުރިހާ ޚަރަދެއް ކުރަނީ ދޮންބެގެ އަމިއްލަ ކުންފުނި ކަމަށްވާ ދޮންބެޒް ޕްރައިވެޓް ލިމިޓެޑް އިންނެވެ.
މި މިސްކިތް އިމާރާތް ކުރުމުގެ މަސްކަތް ކުރުމަށް ކަނޑައަޅާފައި ވަނީ 1 އަހަރު ދުވަހެވެ. ދެބުރިއަށް އަލަށް މި މިސްކިތް އިމާރާތް ކުރުމުން އެއްފަހަރާ 400 މީހުންނަށް ނަމާދު ކުރެވޭނެ އެވެ.

ފުވައމްުލައް ސިޓީ މަސްޖިދުލް ފާލާހު މިހާރު ހުރި ގޮތް. ފޮޓޯ ޝަހީދު
ހޯދަދު ނީލޯފަރު މަގުގައި ހުންނަ މި މިސްކިތް އިމާރާތް ކުރާނީ މެދުގައި ގުއްބަކާއި އެއްފަރާތުގައި މުންނާރެއް ހިމެނޭ ގޮތަށެވެ. އަލަށް އިމާރާތް ކުރާ މިސްކިތުގެ ދެފަރާތުގައި ވުޟޫ ކުރާނެ ޖާގަ ހެދިފައި ހުންނާނެއެވެ. މަސްޖިދުލް ފަލާހުގެ އިމާރާތް މިހާރު ހުރި ބިމަކީ ޖާގައިގެ ގޮތުން ކުޑަ ބިމެކެވެ.
ހޯދަޑު މަސްޖިދުލް ފަލާހު އަލުން އިމާރާތް ކުރުމަށް ދޮންބެޒް ޕްރައިވެޓް ލިމެޓެޑް އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ ފާއިތުވި (2023) އޭޕްލީ މަހު 6 ވަނަ ދުވަހުއެވެ.
5
4
3
2
1
- ލިލީ މިސްކިތް އަލުން އިމާރާތްކުރުމަށް މިއަދުން ފެށިގެން ބަންދުކުރަނީ
- ދޮންބެޒް އިން މަސްޖިދުލް ފަލާހު އަލުން އަލުން އިމާރާތް ކުރަނީ
- ފުވައްމުލައް ސިޓީގެ މިސްކިތްތަކާއި ގަބުރުސްތާނުތަކުގެ ކަންކަން ބެލެހެއްޓުން ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް
- ފުވައްމުލައް ސިޓީގައި ކޮވިޑް-19 ފެތުރޭތީ އިތުރު 5 ދުވަހަށް މިސްކިތްތަކުގައި ނަމާދުގެ ޖަމާއަތް ނުހެދުމަށް އަންގަައިފި
- ފުވައްމުލައް ސިޓީ މަސްޖިދުލް ހުދާގެ ބީލަން އަލުން ހުޅުވާލައިފި