މިސްކިތްތައް ސާފުކުރުމުގެ ޕްރޮގުރާމެއް ހިންގަން ފުވައްމުލައް ސިޓީ ކައުންސިލުން ތައްޔާރުވެއްޖެއެވެ.
މިހަރަކާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ 17 މާރިޗު 2023، ވާ ހުކުރު ދުވަހު ހެނދުނު 8:00 އިން 9:00 އަށް ފުވައްމުލަކުގެ މިސްކިތްތަކުގެ ސަރަހައްދުގައެވެ.
ކުރިޔަށް އޮތް 1444 ވަނަ އަހަރުގެ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ފުވައްމުލައް ސިޓީގެ މިސްކިތްތާއި މިސްކިތު ސަރަހައްދު ސާފުކުރުމަށް ބާއްވާ މިހަރަކާތުގައި ބައިވެރިވުމަށް އާއްމުނަށް ވަނީ ހުޅުވާލާފައެވެ.
މިއީ މިސްކިތްތަކުގެ މުވައްޒަފުންނާއި ސިޓީ ކައުންސިލުގެ މުވައްޒަފުންގެ އިތުރުން މިސްކިތް ހިމެނޭ ސަރަހައްދުގެ މީހުން އެކުވެ ގުޅިގެން ކުރިޔަށް ގެންދިއުމަށް ރާވާފައިވާ ހަރަކާތެއް ކަމަށް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ.
މީގެ އިތުރުން މިހަރަކާތަކީ އިޖުތިމާއީ ގޮތުން އެންމެ އެކުވެ، ގުޅުން ބަދަހި ކުރުމަށް ވެސް އަމާޒު ކުރެވިގެން ކުރިޔަށް ގެންދާ ހަރަކާތެކެވެ. އެގޮތުން މިހަރަކާތުގައި ސްކޫލްތަކުގެ މުވައްޒަފުންނާއި ދަރިވަރުންނާއި އޮފީސްތަކާއި އާއްމު ރައްޔިތުންގެ ތެރެއިން ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ސިޓީ ކައުންސިލުން އެދިވަޑައިގެންފައި ވެއެވެ.
5
4
3
2
1
- ލިލީ މިސްކިތް އަލުން އިމާރާތްކުރުމަށް މިއަދުން ފެށިގެން ބަންދުކުރަނީ
- ފުވައްމުލައް ސިޓީގެ މިސްކިތްތަކާއި ގަބުރުސްތާނުތަކުގެ ކަންކަން ބެލެހެއްޓުން ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް
- ފުވައްމުލައް ސިޓީގައި ކޮވިޑް-19 ފެތުރޭތީ އިތުރު 5 ދުވަހަށް މިސްކިތްތަކުގައި ނަމާދުގެ ޖަމާއަތް ނުހެދުމަށް އަންގަައިފި
- ފުވައްމުލައް ސިޓީ މަސްޖިދުލް ހުދާގެ ބީލަން އަލުން ހުޅުވާލައިފި
- ފުވައްމުލަކު މިސްކިތްތަކަށް ބޭނުންވާ އޭސީ ފެނަކަ ކޯޕަރޭޝަނުން ސިޓީ ކައުންސިލަށް ހަދިޔާކޮށްފި