ފުވައްމުލަކުގައި ސާފު ޝެކެއް ތަރައްގީކޮށްދޭނެ ފަރާތެއް ހޯދަނީ

ސީސްޕޯރޓްސް ގުންބުއްރާސް ޗެލެންޖު 2019 ގެ ބައިއިވެރިން ރާޅާއަޅާން ތައްޔާރުވަނީ
Share on facebook
Share on twitter
Share on google

ފުވައްމުލަކު ސިޓީގައި ސާފިން ޝެކެއް ތަރައްގީކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ. މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރަންޖެހޭއިރު މާދަމާއިން ފެށިގެން މިމަހުގެ 21 ވަނަ ދުވަހާއި ހަމައަށް ފުވައްމުލަކު ސިޓީ ކައުންސިލުގެ އީމެއިލް އެޑްރެސް ((procurement@fuvahmulah.gov.mv އިޢުލާން ނަންބަރާއި، ބިޑް ގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް) މެއިލްކުރުމުން އެބީލަމާއި ގުޅޭ މައުލޫމާތު ކަރުދާސް އީމެއިލްގެ ޒަރީއާއިން ލިބޭނެ ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ހާމަކުރެއެވެ.

އަދި މި ބީލަމާއި ގުޅޭ މައުލޫމާތު އިތުރު ސާފުކުރުން އޮންނާނީ 21 ޑިސެންބަރު 2021 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން، އީމެއިލް މެދުވެރިކޮށް ކަމަށްވެސް ފުވައްމުލަކު ސިޓީ ކައުންސިލުން ނެރުނު އިއުލާނުގައި ބަޔާންކޮށްފައިވެއެވެ. ބީލަންތައް ބަލައިގަތުމާއި، އަދި ބީލަން ހުޅުވުން އޮންނާނީ 26 ޑިސެންބަރު 2021 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ގައި ކައުންސިލް އިދާރާގެ މީޓިން ރޫމްގައެވެ.

ފުވައްމުލަކު ސާފިން ޕޮއިންޓް ތަރައްގީ ކުރުމަށް ނިންމާފައިވާ މީގެ ދެއަހަރު ކުރިން 2019 ވަނަ އަހަރު ޖުލައި މަސްތެރޭ ޒުވާންނާއި ގުޅޭ ވަޒީރު އަހުމަދު މަހުލޫފު ވަނީ ވިދާޅުވެފައެވެ. ސާފިން ޕޮއިންޓްތައް ތަރައްގީކުރުމުގެ މަސައްކަތުގެ ތެރޭގައި ހަޓުތަކާއި، ސާފިން ބޮޑު ބަހައްޓާ ރެކުތަކާއި ސާފުރުން މަޑުކޮށް ކޮށްލުމަށް ހަދާ ތަންތަންވެސް ހިމެނޭ ކަމަށް އޭރު ޔޫތު މިނިސްޓްރީގެ އޮފިޝަލަކު ވަނީ ވިދާޅުވިއެވެ.

ސާފިން އަކީ ފުވައްމުލަކުގައި ކުރިއަރަމުން އަންނަ ކުޅިވަރެކެވެ. ފުވައްމުލަކު ޒުވާން ސާފަރުންދަނީ ގައުމީ ލެވެލްގެ މުބާރާތްތަކުގައި ވާދަކޮށް ރަގަޅު ނަތީޖާތަކެއް ނެރެމުންނެވެ.

5.0/5.0 Article rating
2 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
1 Comment
Inline Feedbacks
View all comments
Anonymous
Anonymous
1 year ago

Nice