A wide advertisement which will be shown on all devices. (700 x 100)

އަންނަ އަހަރު ހިންގާނެ ދީނީ ހަރަކާތްތަކާއި ކުޅިވަރު ހަރަކާތްތަކަށް ޚިޔާލު ހޯދަނީ

މޭޔަރު އިސްމާއީލް އައިސީޓީ ކައުންސިލްގެ މެމްބަރުން

އަންހަނަ އަހަރު ފުވައްމުލައް ސިޓީ ކައުންސިލުން ހިންގާނެ ދީނީ ހަރަކާތްތަކާއި ކުޅިވަރު ހަރަކާތްތަކަށް އާއްމުންގެ ޚިޔާލު ހޯދައި މަޝްވަރާކުރުމަށް ދެ މަސައްކަތް ބައްދަލުވުން ތާވަލް ކޮށްފިއެވެ.

އެގޮތުން ފުރަތަމަ ބައްދަލުވުން ވަނީ މާދާ 26 ޑިސެމްބަރު 2021 ވާ އާދީއްތަ ދުވަހު ހެނދުނަށް ތާވަލްކޮށްފައެވެ. ފުރަތަމަ ބައްދަލުވުން ޚާއްސަކޮށްފައި ވަނީ އަންނަ އހަރު ސިޓީ ކައުންސިލްން ހިންގާނެ ދިނީ ހަރަކާތްތަކުގެ ކަލަންޑަރެއް އެކުލަވާލުމެވެ. މި މަސައްކަތު ބައްދްލުވުން ބާއްވަނީ މާދަމާ ހެނދުނު 9:30 އިން 12.30 އަށް ފުވައްމުލައް ސިޓީ ކައުންސިލް ކުރުނދުމާ މާލަމުގައެއެވެ.

މީގެ ދެވަނަ ބައްދަލުވުން ތާވަލް ކޮށްފައިވަނީ މާދަމާ ނޫން އަނެއް ދުވަހަށެވެ. އެބައްދަލުވުން ޚާއްސަކޮށްފައި ވަނީ އަންނަ އަހަރު (2022) ގައި ފުވައްމުލައް ސިޓީ ކައުންސިލްން ހިންގާނެ ކުޅިވަރު ހަރަކާތްތަކުގެ ތާވެލެއް ކަނޑައެޅުމަށެވެ. މި މަޝްވަރާ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ 27 ޑިސެމްބަރު 2021މ ވާ ހޯމަ ދުވަހު މެންދުރު 13:30 އިން 15:30 އަށް ފުވައްމުލައް ސިޓީ ކައުންސިލުގެ ކުރުނދުމާ މާލަމުގައެވެ.

މި ދެބައްދަލުވުމުގައި ބައްވެރިވާން އެދޭ ފަރާތްތަކުން އެކަމަށް ކަނޑައަޅާފައިވާ ފޯމް ފުރިހަމަކޮށް ދިނުމަށް ސިޓީ ކައުންސިލުން އެދިފައި ވެއެވެ. އަދި ފޯން ނުފުރުނު ކަމުގައި ވިޔަސް މި ދެ ބައްދަލުވުމަށް ވެސް ޝައުގުވެރިވާ ފަރާތްތަކަށް ބައިވެރިވުމުގެ ދޮރު ހުޅިވިފަިއވާކަމަށް މައުލޫމާތު ލިބެއެވެ.

ދީނީ ބައްދަލުވުމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރާ ފޯމް

ކުޅިވަރު ބައްދަލުވުމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރާ ފޯމް

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !