A wide advertisement which will be shown on all devices. (700 x 100)

ޤުރުއާނާއި ސައިންސް ފޯރަމް 1443ހ. ގެ 4 ވަނަ ޕްރޮގްރާމު މާދަމާރޭ

1443ހ. ރަމަޟާން މަހުގެ ގުރުއާނާއި ސައިންސްގެ ފޯރަމްގެ 4 ވަނަ ޕްރޮގްރާމް - އެފްއެސް ދަރިވަރުން

ފުވައްމުލައް ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދާ “ޤުރުއާނާއި ސައިންސް ފޯރަމް 1443ހ.”ސިލްސިލާގެ 4 ވަނަ ޕްރޮގްރާމް މާދަމާ، 23 އޭޕްރީލް 2022، ވާ ހޮނިހިރު ދުވަހުގެ ރޭ ގެނެސްދިނުމަށް ތާވަލްކޮށްފިއެވެ.

ދީނީ މައުލޫމާތު ގެނެސްދޭ މި ޕްރޮގްރާމް ހުށަހަޅައި ދޭނީ ފުވައްމުލަކު ސްކޫލް (އެފްއެސް) ގެ 5 ދަރިވަރެކެވެ. މިޕްރޮގްރާމުގެ މައުޟޫއަކީ “ކީރިތި ޤުރުއާންގެ ޢިލްމީ މުޢުޖިޒާތްތަކުގެ ތެރެއިން ޕިރަމިޑްތައް ބިނާކުރީ ކޮންބައެއް؟” އެވެ. ދަރިވަރުންގެ މިހުށަހެޅުމަށް ދީނީ އިލްމުވެރިންގެ ޕެނެލަކުން ވާހަކަދެއްކުން ވެސް ކޮންމެ ޕްރޮގްރާމެއް ނިންމުމުގެ ކުރިން އޮވެއެވެ.

މި ފޯރަމް ކުރިޔަށްގެންދަނީ ފުވައްމުލައް ސިޓީ ކައުންސިލް އިދާރާގެ ކުރުނދުމާ މާލަމުގައެވެ. މި ފޯރަމު އަޑުއެހުމަށް އާއްމުކޮށް ވަނީ ހުޅުވާލެވިފައެވެ. މީގެ އިތުރުން މިފޯރަމް ސިޓީ ކައުންސިލްގެ ފޭސްބުކް ޕޭޖުން ލައިވް ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !