ދާނުގައި ތިބި ބަލިމީހުންނަށް ޒިޔާރަތްކުރުމަށް ފުވައްމުލަކު ހޮސްޕިޓަލުން ފަށައިފި

ދާނުގައި ތިބި ބަލިމީހުންނަށް ޒިޔާރަތް ކުރުމުގެ ޕްރޮގްރާމު ފުވައްމުލަކު ހޮސްޕިޓަލުން އަލުން ފަށައިފި
Share on facebook
Share on twitter
Share on google

ދާނުގައި ތިބި ބަލި މީހުންނަށް ޒިޔާރަތް ކޮށް ފަރުވާ ދިނުމަށް ފުވައްމުލަކު ހޮސްޕިޓަލުން އިއްޔެ ފަށައިފިއެވެ.

އެގޮތުން އެހޮސްޕިޓަލުގެ ޓީމުތަކުން އިއްޔެ ވަނީ ދަޑިމަދު، ދިގުވާނޑު، ދޫނޑިގަން، މާލެގަން އަދި ފުނާޑުގެ ބައެއް ގެތަކަށް ވަނީ ޒިޔާރަތް ކޮށްފައެވެ. އެގޮތުން މިޒިޔާރަތުގައި ބަލިމީހުން ބެލުމާއި ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް ޖެހުމަށް ބޭނުންވާ ފަރާތްތަކަށް ވެކްސިން ޖަހާ ދީފައިވާ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ހާމަކުރައްވަ އެއްވެ.

މީގެ އިތުރުން، ފިތުރު އީދާއި ދިމާވާތީ، ޒިޔާރަތްކުރެވުނު ގެތަކުގެ ބަލިމީހުންނަށް ފިޠުރު ޢީދު ހަދިޔާ ފުވައްމުލަކު ހޮސްޕިޓަލުގެ ފަރާތުން ދީފައިވެއެވެ. މި ހަދިޔާތަކަކީ އެކިއެކި ފަރާތްތަކުން ސްޕޮންސާކޮށްގެން ހޯދިފައިވާ ހަދިޔާތަކެއް ކަމަށާއި ސްޕޮންސާ ކޮށްދެއްވި ފަރާތްތަކަށް އެހޮސްޕިޓަލުން ޝުކުރު އަދާކުރެއެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ މިޓީމުގައި ފުވައްމުލަކަށް ނިސްބަތްވާ ދިވެހި ޑޮކްޓަރުން ތިއްބެވިކަން ފާހަގަކޮށް، އެއީ ބަލިމީހުންނާއި އެމީހުންގެ ޢާއިލާއިން އުފަލާއިއެކު ބަލައިގަތް ކަމެއް ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ހާމަކުރައްވައެވެ.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments