ނިޔަމިކަމުގެ ކޯހުގެ ބުރެއް ފުވައްމުލައް ސިޓީގައި ފަށަނީ

ނިޔަމި ކޯސް- ސަނަދު 2- 2022
Share on facebook
Share on twitter
Share on google

ކަނޑު ދަތުރުކުރާ އުޅަނދު ފަހަރު ދުއްވުމުގެ ހުއްދައަށް ބޭނުންވާ ނިޔަމިކަމުގެ ސެޓްފިކެޓް 2 ކޯހުގެ ބުރެއް ފުވައްމުލައް ސިޓީގައި ފަށަން އިއުލާން ކޮށްފިއެވެ.

މިއީ ފުވައްމުލައް ސިޓީ ކައުންސިލާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގުޅިގެން ހިންގާ ކޯހެކެވެ. މިކޯސް ފެށުމަށް މީގެ ކުރުން މިއަހަރުގެ ފެބުރުއަރީ މަހުވެސް އިއުލާންކޮށް، ކޯހުގައި ބައިވެރިވުމަށް ބައެއް މީހުން ހުށަހަޅާފައި ވެސް ވެއެވެ. ނަމަވެސް ކޯސް ފެށުން ލަސްކުރެވިފައި ވަނީއެވެ.

އެއާއެކު ކޯހުގައި އިތުރު ޖާގަ ހުރުމާއެކު ދެވަނަ ފަހަރަށް ބައިވެރިވުމުގެ ފުރުސަތު މިވަނީ ހުޅުވާލާފައެވެ. އެގޮތުން ނިޔަމި ކޯސް ސެޓްފިކެޓް 2 ގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މި މެއި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ބައިވެރިވުމަށް އެދޭ ފޯމް (ގޫގްލް ފޯމް) ފުރިހަމަ ކުރައްވައި ފޮނުވަން ޖެހެއެވެ.

މިކޯހުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައި ވަނީ 16 މެއި 2022 ގައެވެ. ކޯހުގެ ކިޔެވުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފުވައްމުލައް ސިޓީގައެވެ. ވުމާއެކު މިއީ ރަށުގައި ހުރެގެން މިފަދަ ކޯހެއް ފުރިހަމަ ކުރުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ.

ފުވައްމުލައް ސިޓީގައި މިކޯސް ހިންގުމުގެ އެންމެ މުހިންމު ބޭނުމަކީ މަސްވެރިންނާއި ކަނޑު ދަތުރުފަތުރު ކުރާ މީހުން ފުރިހަމަ ކުރަން ޖެހޭ ތަމްރީނު އެމަސައްކަތް ކުރާ ފުވައްމުލައް ސިޓީގެ ގިނަ ބަޔަކަށް ފުރިހަމަ ކުރެވިފައި ނުވާތީ އެފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، އެމްއެންޑީއެފް ކޯސްޓް ގާޑާއި ފުވައްމުލައް ސިޓީ ކައުންސިލުން ވެދޭ އެހީތެރިކަމެއްގެ ގޮތުގައި ކަމަށް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ. ނޫންނަމަ އެފަދަ ފަރާތްތަކުން މިކޯސް ފުރިހަމަކުރަން ޖެހޭނީ އާއްމު ދިރިއުޅުމަށް ކުރާ މަސައްކަތް ހުއްޓާލާފައި މާލެ ދަތުރުކޮށް އެކޮޅުގައި ތިބެގެންނެވެ.

ކޯހުގައި ބައިވެރިވާން އެދޭފޯމް – ގޫގްލް ފޯމް:
4.5/5.0 Article rating
2 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments