A wide advertisement which will be shown on all devices. (700 x 100)

މެރިޓައިމް އެކަޑަމީ އާއި ލޮޖިކް އިންސްޓިޓިއުޓް ގުޅިގެން ފުވައްމުލައް ސިޓީގައި ކޯސްތަކެއް ފަށަނީ

އިންސްޓިޓިއުޓް އޮފް ލޮޖިކް އެންޑް ޓެކްނޮލޮޖީ

މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް އާއި އިންސްޓިޓިއުޓް އޮފް ލޮޖިކް އެންޑް ޓެކްނޮލޮޖީ އާއި ދެމެދު އެމް އޯޔޫ އެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެމްއޯޔޫގެ ދަށުން މެރިޓައިމް ދާއިރާގެ ކޯސްތަކެއް ފުވައްމުލައް ސިޓީގައި ހިންގުމަށް ހަމަޖެހިފައި ވެއެވެ. އިންސްޓިޓިއުޓް އޮފް ލޮޖިކް އެންޑް ޓެކްނޮލޮޖީގެ މެނޭޖިން ޑިރެކްޓާ އަލީ ޖަވާދު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ފުވައްމުލައް ސިޓީގައި މެރިޓައިމް ދާއިރާގެ ހަތަރު ކޯހެއް ހިންގުމަށް ތައްޔާރުވެފައިވާ ކަމަށެވެ. އެ ކޯސް ތަކަކީ ނިޔަމި ކަމުގެ ސެޓްފިކެޓް 1، 2، ފަޅުވެރިކަމުގެ ކޯސް އަދި މެރިން މެކޭނިކް ކޯހެކެވެ.

މި ކޯސް ތަކަކީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއިން ގަބޫލުކުރާ ކޯސްތަކެއް ކަމަށާއި އެގޮތުން ނިޔަމި ކަމުގެ ސެޓްފިކެޓް 2 ފުރިހަމަކުރާ ފަރާތްތަކަށް ކެޓަގަރީ ބީ އިން އީ އަށް ހިމެނޭ ސަރަހައްދުތަކުގައި ދަތުރުކުރާ އުޅަދުފަހަރުގެ މާލިމީކަން ކުރެވޭނެއެވެ.

މީގެ އިތުރުން ޖަވާދު ފާހަގަކުރެއްވި ގޮތުގައި މިހާރު މަސައްކަތް ކުރަމުން މިދަނީ ވީހާވެސް އަވަހަށް މިކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމަށް ކަމަށާއި “އިރާދަކުރެއްވިއްޔާ މި ހަފްތާ ތެރޭގައި މި ކޯސްތަކަށް ހުޅުވާލާނެ” ކަމަށެވެ. މިކޯސްތަކާއި ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ 7782103، ނުވަތަ 7903363 އަށް ގުޅުއްވުމަށް އެދިފައި ވެއެވެ. މިއީ ރަށުގައިތިބެގެން ކަނޑު އުޅަނދުގެ ލައިސަންސް ހޯދަން ބޭނުންވާ ފަރާތްތަކަށް ލިބިގެންދާނެ ރަނގަޅު ފުރުސަތަކަށް ވެގެން ދާނެއެވެ.

ލޮޖިކް އެންޑް ޓެކްނޮލޮޖީ އިންސްޓިޓިއުޓްގެ ބޫޓް ކޭމްޕް ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ބައްލަވާލައްވަނީ. 2019

އިންސްޓިޓިއުޓް އޮފް ލޮޖިކް އެންޑް ޓެކްނޮލޮޖީ އިން ފުވައްމުލައް ސިޓީގައި ޓެކްނޮލޮޖީގެ ދާއިރާގެ ކޯސްތަކެއް ހިންގަމުން އަންނަތާ ގިނަ ދުވަސްތަކެއް ވެފައި ވެއެވެ. އެގޮތުން ކުޑަކުދިންނަށް ކޮމްޕިއުޓަރުގެ ބޭނުންކުރުމުގެ ހުނަރުތަކާއި ގުޅޭ ތަފާތު ކޯސްތަކާއި ރޮބޮޓިކްސް ފަދަ ޓެކްނޮލޮޖީގެ ދާއިރާގެ ކޯސްތައް ހިންގަމުން އާދެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !