ފުވައްމުލަކު ހޮސްޕިޓަލުގެ އިހުމާލުން ސަދާގެ ނިޔާވި މައްސަލައިގެ ބަދަލު ހޯދުމުގެ ހައްގު ލިބޭކަމަށް އެޗްއާރުސީއެމް އިން ބުނެފި

Share on facebook
Share on twitter
Share on google

ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް އެ ހޮސްޕިޓަލުގެ އިހުމާލުން ނިޔާވި އުމުރުން ފަސް އަހަރުގެ ސަދާ ސައުދުﷲ އަހުމަދު ހަސަންގެ މަރުގެ ބަދަލު ހޯދުމުގެ ހައްގު ލިބޭ ކަމަށް ހިއުމަން ރައިޓްސް ކަމިޝަން އޮފަ ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފިއެވެ. ސަދާ ނިޔާވެފައިވަނީ ބަނޑުގައި ރިިއްސައި ހޮޑުލާތީ ފުވައްމުލަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށް މިދިޔަ އަހަރު އޮކްޓޫބަރު މަހު 5 ވަނަ ދުވަހުއެވެ. ސަދާ ނިޔާވެފައިވަނީ ހޮސްޕިޓަލުގެ އިހުމާލުންކަމަށް ސަދާގެ އާއިލާއިން ދެކޭތީ އެމައްސަލަ އެއާއިލާއިން ފުލުހަށާއި އެޗްއާރުސީއެމަށް ހުށަހެޅިއެވެ.

އެ ކޮމިޝަނަށް ހުށަހެޅި މައްސަލަ ބަލައި ނިންމުމަށް ފަހު، އާއިލާ އަށް ފޮނުވި ލިޔުމުގައި ބުނީ ހެލްތު މިނިސްޓްރީގެ ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓް ރިވިއުކޮށް ފާހަގަވި ކަންތައްތައް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލަށް ހިއްސާކޮށްފައިވާ ކަމަށެވެ.

އެ މައްސަލަ ހެލްތު މިނިސްޓްރީން ބެލުމުން، ސަދާ މަރުވީ ހޮސްޕިޓަލުގެ އިހުމާލުތަކުގެ ސަބަބުން ކަމަށް ވަނީ ނިންމާފަ އެވެ. އަދި އެ މައްސަލައާ ގުޅިގެން ދެ ޑޮކްޓަރަކު ވަނީ ވަކިކޮށް އަނބުރާ ގައުމަށް ފޮނުވާލާފަ އެވެ. އެ ހާދިސާއާ ގުޅިގެން ހެލްތު މިނިސްޓްރީން ހެދި ރިވިއުގައި 21 ކަމެއް ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ސަދާ އަށް ފަރުވާ ދިން ޑޮކްޓަރުންނާއި ނަރުހުން އެ ކުއްޖާގެ މެޑިކަލް ހިސްޓްރީ ރަނގަޅަށް ބަލާފައި ނުވުމާއި ރަނގަޅަށް އެގްޒަމިން ކޮށްފައި ނުވުން ހިމެނެ އެވެ. އެ ކަމުގެ ސަބަބުން ކުއްޖާގެ އަސްލު ބަލި ދެނެގަނެވިފައެއް ނުވެ އެވެ.

ކުއްޖާ އިމަޖެންސީ ރޫމަށް ގެންދިޔަ ވަގުތު ކޮންމެހެން ބަލަންޖެހޭ ކަންކަން ބަލާފައިނުވުމާއި ސަދާ ސީރިއަސް ހާލަތުގައި އޮތް ނަމަވެސް މެޑިކަލް އޮފިސަރު ބޭސް ދީފައިވަނީ ކުއްޖާ ނުބަލާ ކަމަށް ފާހަގަކޮށްފައިވެ އެވެ. އެކަމަކު އޭގެ އެއް ދުވަސް ފަހުން އެ ޑޮކްޓަރު ވިނަވި ޕޯޓަލަށް ހުށަހެޅި ލިޔުމުގައި ބުނެފައިވަނީ އެ ކުއްޖާ އެގްޒަމިން ކުރި ކަމަށެވެ.

އެ ކޭސް ބަލަންޖެހޭ ވޯޑު ޑިއުޓީގައި ހުރި ޑޮކްޓަރަށް އޭގެ މައުލޫމާތު ނޭނގޭއިރު އެހެން ޑޮކްޓަރަކަށް މައްސަލަ ހަވާލުކޮށްފައިނުވާ ކަމަށް ވެސް ކަމާބެހޭ އިދާރާގެ ރިޕޯޓުގައި ބުންޏެވެ.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments