A wide advertisement which will be shown on all devices. (700 x 100)

އަންނަ ޖުލައިމަސް ނިމުމުގެ ކުރިން ފުވައްމުލަކުގެ ބަހުގެ ޚިދުމަތްގެނެވޭ އާބަސްތައް ބޭނުންކުރަން ފެށޭނެ

ފުވައްމުލަކު ސިޓީގެ ބަހުގެ ހިދުމަތައް ގެންނަ އާ ބަސްތައް ޖުލައި މަސްނިމުމުގެ ކުރިން ބޭނުންކުރެވެމުންދާނެ ކަމަށް ފުވައްމުލަކު ސިޓީގެ ދަތުރުފަތުރާއި ހަވާލުވެފައިވާ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. އާދަމް އާޒިމް މިހެން ވިދާޅުވެފައިވަނީ ރޭ އެމްޓީސީސީގެ “ރާއްޖެ ޓްރާންސްޕޯޓް ލިންކް”ގެ ބަހުގެ ހިދުމަތް ހުޅުމާލޭ ދެވަނަ ފިޔަވަހީގަައި ފެށުމަށް ބޭއްވި ރަސްމިޔާތުގައި ވާހަކަދައްކަވަމުންނެވެ. އާޒިމް ވިދާޅުވީ، ރައީސްގެ އިރުޝާދާއިއެކު އެމްޓީސީސީން އަމާޒުހިފާފަވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދޭ ބަހުގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކަމަށެވެ. ފުވައްމުލަކު ސިޓީގެ އިތުރުން، އައްޑޫ ސިޓީ އާއި ހައްދުންމަތީގެ އެއްގަމު ދަތުރުފަތުރަށް ބޭނުންވާ ބަސްތައް ރާއްޖެގެނެސް އެބަސްތަކުގެ ބޭނުންކުރަން ޖުލައި މަސްނިމުމުގެ ކުރިން ފެށޭނެކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން ބަހުގެ ހިދުމަތުގައި ކޭޝްކާޑު ބޭނުން ކުރެވޭނެ ނިޒާމުވެސް ވަރަށް އަވަހަށް ހަމަޖައްސާނެ ކަމުގެ ޔަގީންކަންވެސް ދެއްވި އެވެ. ޓަޗް އެންޑް ގޯ އަދި ކިއުއާރް ކޯޑުން ޓިކެޓު ކަނޑައިގެން ބަހުގެ ދަތުރުކޮށްލުމުގެ ފަސޭހަކަން މިއަހަރު ނިމުމުގެ ކުރިން ލިބިގެންދާނެ ކަމަށްވެސް އާޒިމް ރޭގެ ޖަލްސާގައި ވިދާޅުވިއެވެ. ނަމަވެސް ސީދާ އެކަން ހަމަޖެހޭނެ ތާރީހެއް ވިދާޅެއް ނުވެ އެވެ.

އާބަސްތައް ފުވައްމުލަކަށް ގެނެސް އެބަހުގެ ޚިދުމަތް ޖުލައި މަހު ފެށޭނެކަމަށް އެމްޓީސީސީގެ ސީއީއޯ ވިދާޅުވި ނަމަވެސް، އެމުއްދަތަށް ފުވައްމުލަކުގެ ބޮޑެތި މަގުތައް ނުނިމޭނެއެވެ. އެމަގުގެ ތާރު އެޅުމުގެ މަސައްކަތް އެހިސާބުގައި ފެށިފައިވާނެ ކަަމަށް ކުރިން އެމްޓީސީސީއިން ބުނެފައިވީ ނަމަވެސް މަސައްކަތް ކުރިއަށްދާ ގޮތުން އެހާ ހިސާބަށް ތާރުގެ މަސައްކަތް ނުނިމޭނެކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އެހެންކަމުން، އާބަސްތައް ގެނައި ކަމުގައިވީ އެންމެ އެކަށީގެންވާ ގޮތުގައި އެބަހުގެ ޚިދުމަތް ދެވިދާނެކަމާއިމެދު ގިނަ ބަޔަކު ސުވާލު އުފައްދައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !