ފުވައްމުލަކުގެ ބަހުގެ ޚިދުމަތް ފެށިއްޖެ

Share on facebook
Share on twitter
Share on google

ފުވައްމުލަކު ސިޓީގައި ބަހުގެ ޚިދުމަތް ދޭން ފަށައިފިކަމަށް އެޚިދުމަތާއި ހަވާލުވެފައިވާ އެމްޓީސީސީއިން ހާމަކޮށްފިއެވެ. ފުވައްމުލަކުގެ ސިޓީގެ އިތުރުން އައްޑޫ ސިޓީ އާއި ލ.އަތޮޅު ގުޅިފައިވާ ރަށްތަކަށާއި ލ.އިސްދޫ ކަލައިދޫއަށްވެސް ބަހުގެ ޚިދުމަތް ދޭންފަށައިފިކަމަށް އެމްޓީސީސީއިން ހާމަކުރެއެވެ.

މިޚިދުމަތް ދިނުމަށް ފުވައްމުލަކު ސިޓީ އަށް ގެނެސްފައިވަނީ 4 ބަހެވެ. އަދި މިއަދުން ފެށިގެން އޮގަސްޓް 14 ވަނަ ދުވަހާއި ހަމައަށް ކުރިއަށްގެންދަނީ ރޫޓް ތަޖުރިބާ ކުރުމުގެ ދަތުރުތައް ކަމަށްވެސް އެމްޓީސީސީއިން ވަނީ ބުނެފައެވެ. ބަހުގެ ޚިދުމަތް، 3 އަހަރުން ދަށުގެ ކުދިންނަށާއި 65 އަހަރުން މަތީ ބޭފުޅުންނަށާއި ސުކޫލް ދަރިވަރުންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ލިބޭނެކަމަށް އެމްޓީސީސީއިން ހާމަކުރެއެވެ.

މިއަދު މިފެށުނު ބަހުގެ ޚިދުމަތުގައި 3 ރޫޓެއް ހިމެނުނު ނަމަވެސް ފުވައްމުލަކުގެ މަގު ހެދުމުގެ މަސައްކަތް ހިގަމުންދާތީ އެ ތިން ރޫޓްގެ ތެރެއިން ޚިދުމަތްދެވޭނީ އަދި އެންމެ ރޫޓަކަށެވެ. އެއީ ފުވައްމުލަކު ބަދަރުން ފެށިގެން ތުޑިއަށް ނާއިބު ތުއްތު މަގުން  (ރިންގުރޯޑް ނުވަތަ ތާރު މަގު) ކުރެވޭ ދަތުރެވެ. އަނެއް ދެރޫޓަކީ ފުވައްމުލަކު ޣާޒީ މަގު (ހުރަސްމަގުން) ފެށިގެން އުތުރު ރޫޓާއި އެމަގުން ފެށިގެން ދެކުނު ރޫޓެވެ. މިކަމާއި ގުޅިގެން އެމްޓީސީސީއިން މިއަދު ނެރުނު ނޫސް ބަޔާނުގައިވާ ގޮތުން އިތުރު މައުލޫމާތު އެމްޓީސީސީގެ ކޯލް ސެންޓަރު 1650 އިން ލިބޭނެއެވެ.

 

 

4.8/5.0 Article rating
5 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments