A wide advertisement which will be shown on all devices. (700 x 100)

ހިސްޓޯ ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަންކޮށްފި

ޕީއެންސީ އުފެއްދުމަށް ހިސްޓޯ ފޯމު ހަވާލުކުރަނީ - ފޮޓޯ ފައިލް

ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު ޝިފާގް މުފީދް (ހިސްޓޯ) ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަންކޮށްފިއެވެ. އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ފުވައްމުލަކު މެދު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮޑިއަށް އިންތިޚާބުވުމަށްފަހު މަޝްހޫރުކަން ހޯދި ހިސްޓޯ ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަންކޮށްފައިވަނީ ޕީޕީއެމްގެ ކައުންސިލްގެ މަގާމަށް އިންތިޚާބުކުރުމަށް ބޭއްވި އިންތިޚާބުގައި ނާކާމިޔާބުވެފައިވަނިކޮށެވެ. ހިސްޓޯގެ އިތުރުން އެއިންތިޚާބުގައި ނާކާމިޔާބުވި ބައެއް މެންބަރުން ޕީއެންސީގެ ކައުންސިލަށް އިންތިޚާބުކޮށްފައިވާ ކަމަށްވާ މިހާރު ނޫހުން ވަނީ ރިޕޯޓްކޮށްފައެވެ.

ހިސްޓޯވަނީ ޕީއެންސީ އުފެއްދުމުގެ މަރުހަލާގައިވެސް ބައިވެރިފައެވެ. ޕީއެންސީއަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ޕީޕީއެމުން ވަކިކުރުމަށް ފަހު އެ މައްސަލާގައި ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން، އޭރު ޕީޕީއެމްގެ އިސް ބޭފުޅުން ބައިވެރިވެގެން އުފެއްދި ޕާޓީއެކެވެ. އިދިކޮޅު ޕީޕީއެމްގެ ހަރަކާތްތައް ހިންގަމުންދަނީ ޕީއެންސީއާއި ގުޅިގެން އިއްތިހާދެއްގެ ގޮތުގައެވެ.

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !