A wide advertisement which will be shown on all devices. (700 x 100)

ހިސްޓޯ ޕީއެންސީ ދޫކޮށް ރައީސް ޔާމީނުގެ ޕާޓީއަށް

ހިސްޓޯ

ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު އަދާކުރައްވާ ޝިފާގު މުފީދު (ހިސްޓޯ) ޕީއެންސީ ދޫކޮށް ރައީސް ޔާމީނު އުފައްދަވަން އުޅުއްވާ ޕާޓީއަށް ސޮއިކުރައްވައިފިއެވެ. ޕީއެންސީއިން އިސްތިއުފާ ދިނުމަށްފަހު އެކްސްގައި ހިސްޓޯ ބުނެފައިވަނީ “ޕީއެންސީ މިއަދު އެހިނގާ މަގަކީ ދިވެހީންގެ ރާއްޖޭ ދިވެހީން އެދޭ މަގަށް ގެންދެވޭނެ ގޮތެއް ކަމަށް ނުފެންނާތީ ޕާޓީން އިސްތިއުފާ ދީފީން” ކަމަށެވެ. މީގެ އިތުރުން ޕީއެންސީގެ ރައީސް އަދި ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހިސްޓޯ ފޮނުއްވާފައިވާ އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައިވަނީ “ހައްދުންމަތިން” އަންނަ މީހަކު ޕާޓީ އޮފީސް ތެރެއިން އަޑަފި ހިފައިގެން ނުކުމެ ޕްރޮގްރެސިވް ކޮންގްރެސްގެ އެންމެ މެންބަރުންގެ މޫނަށް ހައްޕުނޑު ބުރުވުމުގެ ނޭންގާނީ އުސޫލްތަކެއް ޕާޓީ ތެރޭގައި ހިނގަމުންދާ ކަމަށެވެ.

ފުވައްމުލަކު މެދު ދާއިރާގެ މެންބަރުކަން ކުރިން ކުރައްވާފައިވާ ހިސްޓޯ ޕީއެންސީ ދޫކުރެއްވިއިރު ވަނީ ފުވައްމުލަކު މެދު ދާއިރާގެ މަޖިލިސް ގޮނޑިއަށް ކުރިމަތިލާނެކަން އިއުލާންކޮށްފައެވެ. ހިސްޓޯގެ އިތުރުން އަލީ ފަޒާދުވެސް ވަނީ ޕީޕީއެމް ޕީއެންސީގެ ފަރާތުން އެގޮޑިއަށް ކުރިމަތިލާނެކަން އިއުލާންކޮށްފައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !