ފުވައްމުލައް ސިޓީގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތައް އިމާރާތްތައް މަރާމާތުކުރުމާއި ފޮޅާ ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ފުވައްމުލައް ސިޓީ ކައުންސިލުން އިައުލާންކޮށްފިއެވެ.
މި ޖުލައި މަހު 4 ވަނަ ދުވަހު ގެޒްޓްގައި ޝާއިއުކޮށްފައި މައުލޫމާތުގައި ވާގޮތުން ބީލަމަށް މުގެ އުސޫލުން ބަޔަކު ހޯދަން އިއުލާން ކޮށްފައިވަނީ ފުވައްމުލަކު ދަޑިަމގާއި ދިގުވާޑުއަވަށުގައި ހަދާފައިވާ ދެ ފްލެޓްބަރީގެ މަރާމާތާއި ފޮޅާ ސާފުކުރުމުގެ މަސައްކަތަށެވެ. އެގޮތުން ޖުމުލަ 200 ފްލެޓް ހިމެނޭ 25 އިމާރާތުގެ އާއްމުބައިތަކާއި ވަސީލަތްތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރަން ޖެހެއެވެ.

ފުވައްމުލައް ސިޓީގައި އިމާރާތްކުރީ 200 ފްލެޓް.
މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 20 ޖުލައި 2022 ވާ ބުދަ ދުވަހުގެ 11:00ގެ ކުރިން ފުވައްމުލައް ސިޓީ ކައުންސިލްގެ ޕްރޮކިއުމެންޓް ސެކްޝަނަށް އިމެއިލް (procurement@fuvahmulah.gov.mv) ކުރަން ޖެހެއެވެ. އެގޮތުން ފޮނުވާ އީމެއިލްގައި މިކަމަށް އެދޭ ކުންފުނީގެ ނަމާއި އެޑްރެސް، ފޯނު ނަމްބަރު އަދި އީމެއިލް އެޑްރެސް ހިމަނަން ޖެހެއެވެ.
މިމަސައްކަތާއި ގުޅޭ ތަފުސީލު މައުލޫމާތު، ދިނުމަށް ހަަމޖެހިފައިވަނީ 20 ޖުލައި 2022 ވާ ބުދަ ދުވަހުގެ 11:00ގައި ފުވައްމުލައް ސިޓީ ކައުންސިލްގެ މީޓިން ރޫމުގައެވެ. މި މަސައްކަތްކަށް ބިޑް ކުރެވެނީ ހަމައެކަނި ޝަރުތުހަމަވާ ފަރާތްތަކަށެވެ.
ބީލމާއި ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް 20 ޖުލައި 2022 ވާ ބުދަ ދުވަހުގެ 11:00ގެ ކުރުން ފުވައްމުލައް ސިޓީ ކައުންސިލްގެ ކުރިން އީމެއިލް ކުރުމުން އެދުވަހުގެ 14:00 ގެ ކުރިން ޖަވާބު ލިބޭނެ ކަމަށް ހާމަކޮށްފައި ވެއެވެ.
މި ބީލަން ހުށަހެޅުމާއި ބަލައިގަތުމަށް ހަމަޖެހިފައި ވަނީ 24 ޖުލައި 2022 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00ގައި ސިޓީ ކައުންސިލްގެ މީޓިން ރޫމުގައެވެ.

ފްލެޓްތަކަށް 3 ބުރުން މީހުން ކުރިމަތިލާފައިވާ ގޮތް. 2021
ޚިޔާލުތައް