A wide advertisement which will be shown on all devices. (700 x 100)

އަވަށްޓެރި ފުލުހުންގެ “ވޯކް އެންޑް ޓޯކް” އާއެކު ސްކޫލްތަކުގެ ދަރިވަރުންނަށް މައުލޫމާތު ދިނުން

ސްކޫލް އެސެމްބްލީގައި ދަރިވަރުންނަށް އިންޓާނެޓާއި ސޯޝަލް މީޑިއާއި ގުޅޭ ގޮތުން ފުލުހުން މައުލޫމާތު ދެނީ

މިހާރު ދިވެހި ފުލުހުން ފާހަގަ ކުރަމުންދާ އަވަށްޓެރި ފުލުހުންގެ ހަފްތާ އާއި އެކު ފުވައްމުލަކު ސިޓީ ޕޮލިސްގެ ފަރާތުން ފުވައްމުލައް ސިޓީގެ ސްކޫލް ދަރިވަރުން ދަރިވަރުންނަށް އިންޓަނެޓާއި ސޯޝަލް މީޑިއާ ބޭނުން ކުރާނެ ގޮތުގެ މައުލޫމާތު ދިނުމުގެ ސެޝަންތަކެއް މިއަދު ކުރިޔަށް ގެންގޮސްފިއެވެ.

ފުލުހުން ސްކޫލް ދަރިވަރންނަށް އިންޓާނެޓާއި ސޯޗަލް މީޑިއާއި ގުޅެ ގޮތުން އެސެމްބްލީގައި މައުލޫމާތު ދެނީ

ފުވައްމުލަކުގެ ސްކޫލް ތަކުގެ މިއަދު އެސެމްބްލީ ގަޑީގައި ފުލުހުން ވަނީ އިންޓަނެޓާއި ސޯޝަލް މީޑިއާގެ ރަނގަޅު ގޮތުގައި ހިފުމަށް ދަރިވަރުންނަށް ނަސޭހަތް ދީފައެވެ. ސޯޝަލް މީޑިއާ އާއި އިންޓާނެޓް ބޭނުންކުރުމުގައި އުމުރާއި ގުޅޭ އެއްޗެހި ނޫނީ ނުބެލުމަށާއި، އެކަމަށް ބެލެނިވެރިން ވެސް ފަރުވާތެރިވާން ޖެހޭކަމަށް ފާހަގަ ކުރެވިގެން ދިޔައެވެ.

އެމްޖޭއެސްގެ އެސެމްބްލީގައި ދަރިވަރުންނަށް އިންޓާނެޓާއި ސޯޝަލް މީޑިއާއި ގުޅޭ ގޮތުން ފުލުހުން މައުލޫމާތު ދެނީ

ފުވައްމުލައް ސިޓީގެ ސްކޫލްތައް ކަމަށްވާ މުހައްމަދު ޖަމާލުއްދީން ސްކޫލް (އެމްޖޭއެސް) ހާފިޒް އަހުމަދު ސްކޫލް (ހޭޒް) އާއި ފުވައްމުލަކު ސްކޫލް (އެފްއެސް) ގެ އެސެމްބްލީ ގަޑީގައި ފުވައްމުލަކު ފުލުހުންގެ ވަނީ ދަރިަވރުންނަށް މައުލޫމާތު ދީފައެވެ.

އެފްއެސްގެ އެސެމްބްލީގައި ދަރިވަރުންނަށް އިންޓާނެޓާއި ސޯޝަލް މީޑިއާއި ގުޅޭ ގޮތުން ފުލުހުން މައުލޫމާތު ދެނީ

މީގެ އިތުރުން ފުލުހުން ވަނީ ވެސް މިހަފުތާ “ވޯކް އެންޑް ޓޯލކް”ގެ ނަމުގައި އާއްމުން ބައްދަލުކޮށް މަޝްވަރާކުރުމަށް ހުޅުވާލާފައެވެ. ފުލުހުންގެ ކަންތަތައް އިސްލާހު ކޮށް ރައްޔިތުންގެ ލޯބި ލިބޭނީ ރައްޔިތުންނާއި މަޝްވަރާ ކުރެވި ކަންބޮޑުވުންތައް ހިއްސާކުރެވި އެކަމަށް މަސައްކަތް ކުރެވިގެން ކަމަށް ފުލުހުން ގަބޫލުކުރެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !