A wide advertisement which will be shown on all devices. (700 x 100)

މިއަހަރުގެ މަތީ ސާނަވީ އިމްތިހާނު ޏ.އޭއީސީގައި މިއަދު ފަށަނީ

ޏ.އޭއީސީގެ ދަރިވަރުން އިމްތިހާނު ހަދަނީ- 2022

މިއަހަރުގެ މަތީ ސާނަވީ އިމްތިހާނު މިއަދު ޏ.އަތޮޅު ތައުލީމީ މަރުކަޒުގައި (ޏ.އޭއީސީ)ގައި ފަށާނެއެވެ.

ފުވައްމުލައް ސިޓީގައި އޭލެވެލް ހަދަނީ ހަމައެކަނީ ޏ.އޭއީސީއިންނެވެ. އެސްކޫލުގެ ގްރޭޑް 11 އަދި 12 ގެ 80 އަށް ވުރެގިނަ ދަރިވަރުން މިފަހަރުގެ އިމްތިހާނު ހަދާނެކަމަށް ޏ.އޭއީސީގެ ޕްރިންސިޕަލް އިސްމާއީލް ސައުދުﷲ މައުލޫމާތު ދެއްވައެވެ.

ޏ.އޭއީސީއަށް މިއހަރު އަލަށް ގުޅުނު ދަރިވަރުން 2022. ފޮޓޯ: ޏ.އޭއީސީ

ފަހަކަށް އައިއިސް ޏ.އޭއީސީއިން އަންނަނީ އޯލެވެލް އިމްތިހާނާއި އޭލެވެލް އިމްތިމހާނުގައި ވެސް މުޅި ރާއްޖޭގެ ނިސްބަތުން ވެސް ރަނގަޅު ކާމިޔާބީއެއް ހޯދަމުންނެވެ. އެގޮތުން ފާސްވާ ޕަސެންޓޭޖް މަތިވެފައިވުމާއި ގައުމީ ގަދަ10ގައި ގިނަ ދަރިވަރުން ހެމެނުމާއި އަދި މަތިވަނަތައް ހާސިލުކުރުން ހިމެނއެވެ.

މިއީ ގްރޭޑް11 އަދި 12ގެ ދަރިވަރުން ވެސް އިށީންނަ އިމްތިހާނެކެވެ. ގްރޭޑް 12ގެ ދަރިވަރުންގެ ފަހުއިމްތިހާނު ކަމަށްވާ އެޑެކްސެލް އޭލެވެލް އިމްތިހާނުގެ ފަހު މަރުހާލާއެވެ. އޭލެވެލަށް ކިޔަވާ ދަރިަވރުން ގްރޭޑް 11 ގައި ހަދަނީ އެޑްވާންސްޑް ލެވެލް ސަބްސިޑަރީ (އޭއެސް ލެވެލް) އިމްތިހާނެކެވެ. އެ އިމްތިހާނުގެ މާކްސް ވެސް އޭލެވެލްގެ ފަހު އިމްތިހާނުގެ ފައިނަލް ނަތީޖާ ހެދުމުގައި ހިމަނައެވެ.

ޏ.އޭއީސީގެ ބެލނިވެރިންގެ ބައްދަލުމެއް 2022. ފޮޓޯ:ޏ.އޭއީސީ

އެއިގެ އިތުރުން ގްރޭޑް12ގެ ދަރިވަރުން ހަދަނީ ހަޔާ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް (އެޗްއެސްސީ) އިމްތިހާނެވެ. އެއީ ރާއްޖޭގައި ހިންގާ އޭލެވެލް ފެންވަރުގެ އިސްލާމާއި ދިވެހީގެ އިމްތިހާނެވެ.

ރާއްޖޭގައި މެދު މަދަރުސީ ފެންވަރުގައި ހަދާ ފުރަތަމަ އިމްތިހާނަކީ ކެމްބްރިޖް އޯޑިނަރީ ލެވެލް އާއި އެސްއެސްސީ (ސެކަންޑަރީ ސްކޫލް ސެޓްފިކެޓް)ގެ އިސްލާމާއި ދިވެހި މާއްދާގެ އިމްތިހާނެވެ. ނަމަވެސް ދަރިަވރުން ހަޔާ ސެކަންޑަރީއަށް ގޮސް އެލެވެލްއަށް ހަދަމުން އަންނީ އެހެން އިމްތިހާނުދޭ މަރުކަޒެއް ކަމަށްވާ އެޑެކްސެލްގެ އޭލެވެލް އިމްތިހާނެވެ. މިކަމާއި ގުޅިގެން ދަރިވަރުންނަށް ތަފާތު ދަތިތަކެއް ކުރިމަތިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީއަށް ފާހަގަ ކުރެވިގެން މިއަހަރުން ފެށިގެން ކުރިޔަށް އޮތްތަނުގައި ރާއްޖޭގެ އޭލެވެލް ދަރިވަރުން ވެސް ހަދާނީ ކެމްބްރިޖްގެ އޭލެވެލް އިމްތިހާނު ކަމަށް ވަނީ ކަނޑައަޅަފައެވެ.

<އޭއީސީގެ ދަރިވަރުންގެ ބައެއް ހަރަކާތްތައް 2022. ފޮޓޯ:ޏ.އޭއީސީ

ވުމާއެކު މިހާރު ޏ.އޭއީސީގެ ގްރޭޑް 11ގެ ދަރިވަރުން އަންނަ އަހަރުގެ މޭ/ޖޫންގައި ކެމްބްރިޖް އޭލެވެލްގެ ފުރަތަމަ އިމްތިހާނު ކަމަށްވާ އެޑްވާންސްޑް ލެވެލް ސަބްސިޑަރީ (އޭއެސްލެވެލް) އިމްތިހާނު ހަދާނެ ކަމަށް ބެލެވެއެވެ. ނަމަވެސް ކެމްބްރިޖް އޭލެވެލްގެ ފަހު އިމްތިހާނު ރާއްޖޭގެ އޭލެވެލް ދަރިވަރުން ހަދާނީ 2024ގެ މެއި/ޖޫން މަހުގައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !