A wide advertisement which will be shown on all devices. (700 x 100)

‘ދެމެހެއްޓެނިވި ވިޔަފާރީގައި އަންހެނުން’ ޕޮރްގްރާމްގައި ބައިވެރިވުމަށް ހުޅުވާލައިފި

އަންހެނުންނަށް ވިޔަފާރީގެ ތަމްރީނު ފު

‘ދެމެހެއްޓެނިވި ވިޔަފާރީގަ އަންހެނުން’ (ވައިސް – WISE) ނަމުގައި ކުރިޔަށްގެންދާ ޕޮރްގްރާމްގައި ބައިވެރިވުމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ. ވައިސް އަކީ ވުމަން ިއން ސަސްޓެއިނަބްލް އެންޓަޕްރައިސަސް އެވެ.

މިއީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލަޕްމަންޓް އިން ކުރިޔަށް ގެންދާ ޕޮރްގްރާމެކެވެ. މިޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، ފުވައްމުލައް ސިޓީ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ(އ.ތ.މ) ނުވަތަ ފުވައްމުލައް ސިޓީ ކައުންސިލް ނުވަތަ ފުވައްމުލައް ޖޮބް ސެންޓަރުގެ ޑެސްކު ނަމްބަރު 9551718 އަށް ގުޅައި ނަންނޯޓު ކުރުމަށް އެދިފައި ވެއެވެ.

ފުވައްމުލައް ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ މެމްބަރުންނާއި ބައެއް އެހެން އަންހެނުން  2022

މިޕްރޮގްރާމު އަމާޒުކުރެވިފައިވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެމްބަރުންނައި، އަމިއްލަ މަސައްކަތް ނުވަތަ ވިޔަފާރި ކުރުމުންދާ ނުވަތަ ފެށުމަށް ގަސްދު ކުރާ އަންހެނުންނާއި މިޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ އެންމެހާ މީހުންނަށެވެ.

މިޕްރޮގްރާމުގެ މަގުސަދުގެ ގޮތުގައި ހާމަކޮށްފައި ވަނީ އަންހެނުންގެ ތަރްއްގީއަށް މަސައްކަތް ކުރާ ކޮމެޓީތައް ބާރުވެރިކުރުވުމާއި ވިޔަފާރިއެއް ކުރުމަށް ބޭނުންވާ އަދި ވިޔަފާރި ކުރަމުންދާ ފަރާތްތަކަށ ްބޭނުންވާ ފަންނީ ތަމްރީނާއި ލިބެންހުރި ފުރުސަތުތަކާއި ގުޅޭ ގޮތުން މައުލުމާތު ފޯރުކޮށްދިނުން ކަމަށް ހާމަކޮށްފައި ވެއެވެ.

މިޕްރޮގްރާމު ފުރިމަކުރުމުން ވިޔަފާރިއެއް ފެށުމަށް ނުވަތަ ވިޔަފާރިއެއް އިތުރަށް ފުޅާ ކުރުމަށް ބޭނުންވާ ފަންީ ތަމްރީނު ލިބިގެންދާނެ ކަމަށާއި އަމިއްލަ މަސައްކަތްތައް ކުރާ މީހުންނަށް ދޫކުރާ މާލީ އެހީގެ އެޕްލިކޭޝަން ފުރިހަމަކޮށް ހުށަހަޅން އެނގިގެންދާނެކަމަށ ވެއެވެ. މީގެ އިތުރުން މި ތަމްރީނު ޕްރޮގްރާމު ފުރިހަމަ ކުރާ ފަރާތްތަކަށް ސެޓެފިކެޓެއް ލިބޭނެއެވެ.

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !