A wide advertisement which will be shown on all devices. (700 x 100)

ބޭކިން އާއި ޕޭސްޓަރީ ކޯހެއްގައި ބައިވެރިވުމަށް ހުޅުވާލައިފި

ބޭކިން އަދި ޕޭސްޓްރީ ކޯހެއް ފަށަނީ 2023

ޕޭސްޓަރީ އާއި ބޭކަރީ ކޯހެއްގައި ބައިވެރިވުމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.

މިއީ ބައިނަލް އަގުވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމާއި ގުޅިގެން ފުވައްމުލައް ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ އާއި ޏ. ފެމިލީ އެންޑް ޗިލްޑްރެން ސާވިސް ސެންޓަރު ގުޅިގެން ކުރިޔަށްގެންދާ ކޯހެކެވެ.

މިއީ އަންހެނުން ބާރުވެރިކުރުމާއި، ގޭގައި ތިބެގެން އާމްދަނީ ލިބޭނެ ފުރުސަތުތައް އަންހެން ކަނބަލުންނަށް ފަހިކޮށްދިނުމުގެ މަގުސަދުގައި ކުރިޔަށްގެންދާ ކޯހެއްކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ.

މހަތަރު ދުވަހުގެ މުއްދަތަށް ހިންގާ މިކޯސް ފެށުމަށް ހަމަޖެހިފައި ވަނީ 10 މާރިޗު 2023 ގައެވެ. މި ކޯހުން ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ 18 އަހަރާއި 35 އަހަރާއި ދެމެދުގެ އަންހެނުންނަށެވެ. މިކޯހުގެ 30 ޖާގަ ދިނުމަށަ ހަމަޖެހިފައި ވާނީ އެންމެ ފުރަތަމަ ފޯމު ހުށަހާޅ 30 މީހުންނަށް ފޯމު ހުށަހަޅާ ތަރުތީބުންނެވެ.

މި ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 06 މާރިޗު 2023 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މިކަމަށް ކަނޑައެޅިފައިވާ އޮންލައިން އެޕްލިކޭޝަން ފޯމް ފުރިހަމަކޮށް ހުށަހަޅަން ވަނީ ހުޅުވާލާފައެވެ.

އެޕްލިކޭޝަން ފޯމް

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !