A wide advertisement which will be shown on all devices. (700 x 100)

ސިޓީތަކުގެ ޑަބްލިއުޑީސީ ރައީސުންގެ މުސާރަ 20،000ރ. އަށް ކުޑަކޮށްފި

ސިޓީތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސުންގެ މުސާރަ 20،000ރ. އަށް އަދި ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސުންގެ ރައީސުންގެ މުސާރަ 15،000ރ. އަށް ކުޑަކުރަން ފިނޭންސް މިނިސްޓްރީން މިއަދު ނިންމައިފިއެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މުސާރަ، ޕޭ ކޮމިޝަނުން ކަނޑައަޅާއިރު، އެންމެ ފުރަތަމަ ނިންމީ ސިޓީތަކުގެ އަންހެނުންގެ ކޮމިޓީތަކުގެ ރައީސުންނަށް މަހަކު 41،000ރ. ދިނުމަށެވެ. އަދި ރަށްރަށުގެ އަންހެނުންގެ ކޮމިޓީތަކުގެ ރައީސުންނަށް 21،000ރ. ދިނުމަށް ވަނީ ނިންމައިފައެވެ. ޕޭ ކޮމިޝަންގެ މި ނިންމުމާ ގުޅިގެން ވަރަށް ގިނަ ބައެއްގެ ފާޑު ކިއުން އަމާޒުވެ، މުސާރަތައް އަލުން ކުޑަކޮށް ދިނުމަށް ގޮވާލަމުން ދިޔައެވެ.

ފިނޭންސުން އެންމެ ފަހުން އާންމުކޮށްފައިވާ އުސޫލުގައިވާ ގޮތުން، ސިޓީތަކާއި ރަށްރަށުގެ މުސާރަ އޮޮނިގަނޑު މިހާރު އޮތީ އަންނަނިވި ގޮތަށެވެ:

ސިޓީ ކައުންސިލްތަކުގެ އަންހެނުންގެ ކޮމެޓީ:

  • ރައީސް: މަހަކު 20,000ރ. (މުސާރަ އާއި ލިވިން އެލަވަންސްއާ އެކު)
  • ނައިބު ރައީސް: މަހަކު 7,000ރ. (މުސާރަ އާއި ލިވިން އެލަވަންސާއެކު)
  • މެމްބަރުން: މަހަކު 6,000ރ. (މުސާރަ އާއި ލިވިން އެލަވަންސްއާއެކު)

ރަށު ކައުންސިލްތަކުގެ އަންހެނުންގެ ކޮމެޓީ:

  • ރައީސް: މަހަކު 15,000ރ. (މުސާރަ އާއި ލިވިން އެލަވަންސްއާއެކު)
  • ނައިބު ރައީސް: މަހަކު 6,000ރ. (މުސާރަ އާއި ލިވިން އެލަވަންސްއާއެކު)
  • މެމްބަރުން: މަހަކު 5,000ރ. (މުސާރަ އާއި ލިވިން އެލަވަންސްއާއެކު)
+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !