އަންހެނުންގެ ކޮމިޓީގެ މުސާރަ ދެގުނަވާނީ އަންނަ ޖެނުއަރީ މަހު

ފުވައ.ތ.މ ކޮމެޓީގެ މެންބަރުން
Share on facebook
Share on twitter
Share on google

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ މުސާރަ ދެގުނައަށް ބޮޑުވެގެންދާނީ އަންނަ އަހަރު ޖެނުއަރީ މަހުކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ. ރައީސުލް ޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދެ އަތޮޅަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ށ. ޅައިމަގު ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވަ އެވެ. މީގެ ކުރިން މިދިޔަ މަހު 18 ވަނަ ދުވަހުވެސް ރައީސުލް ޖުމްހޫރިއްޔާ ވަނީ މިމޭރުމުން ވާހަކަފުޅު ދައްކަވާފައެވެ. ތ.ކިނބިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނާއި، އެރަށު ކައުންސިލް މެންބަރުންނާއިއެކު ބޭއްވި ބައްދަލުވުމެއްގައި މިދޔަ މަހު 18 ވަނަ ދުވަހު ރައީސް ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (އ.ތ.މ)ގެ މެމްބަރުންގެ މިހާރުގެ މުސާރަ ކުޑަކަމަށް ގަބޫލުފުޅުކުރައްވާ ކަމަށާއި އަދި މުސާރަ ދެގުނައަށް ބޮޑުކުރުމަށް ނިންމަވާފައިވާ ކަމަށެވެ.

އަންހެނުންގެ ކޮމިޓީގެ މެންބަރަކަށް މިހާރު ލިބެނީ 2000 ރުފިޔާގެ އެލަވަންސެކެވެ. އަދި ރައީސަށް 3،000 ރުފިޔާ އަދި ނާއިބަށް 2،500 ރުފިޔާގެ އެލަވަންސެކެވެ. އެކަމަކު މިހާރު ތައްޔާރުކޮށްފައިވާ މުސާރައިގެ އޮނިގަނޑު އޮތް ގޮތުން، ރައީސަށް މަހަކު 6000 ރުފިޔާ، ނާއިބު ރައީސަށް 5000 އަދި މެމްބަރަކަށް 4000 ރުފިޔާ ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

އ.ތ.މ ކޮމެޓީގެ މިހާރުގެ އެލްވަންސްތައް އަދި އަހަރީ ބަޖެޓްގެ %5 – 2021

 

3.7/5.0 Article rating
3 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments