A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތަށް ބޮޑުހިލަ ގެނައުމުގެ ދަތުރުމަތީގައި

ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް ޖަހާ ބޮޑު ހިލަ ޝިޕްމެންޓް ފުވައްމްުލަކަށް އައުމުގެ ދަތުރުގައި

ފުވައްމުލައް ސިޓީ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތަށް ގެންނަ ބޮޑު ހިލައިގެ 2 ޝިޕްމެންޓެއް ރަށަށް ގެނައުމުގެ ދަތުރުމަތީގައި ވާކަމަށް މިކަލް ނޫހަށް މައުލޫމާތު ލިބެއެވެ.

އިންޑިއާއިން ގެންނަ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމެންޓް މި ނޮވެމްބަރު މަހުގެ 20 ހިސާބުގައި ފުވައްމުލަކަށް ގެނެވޭނެ ކަމަށް ވެއެވެ. މި ޝިޕްމެންޓްގައި ހިމެނޭ 7000 ޓަނުގެ ބޮޑު ހިލަ ބަރުކޮށްފައިވާ ބަނޑު ޖަހައިގެން އަންނަ ޓަގް ބޯޓު މިހާރު އަންނަނީ އިންޑިއާގެ ޓްޓިކުރިން ފުރައިގެން ރާއްޖެ އައުމުގެ މަގުމަތީގައެވެ.

ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް ޖަހާ ބޮޑު ހިލަ ޝިޕްމެންޓް ފުވައްމްުލަކަށް އައުމުގެ ދަތުރުގައި. ފޮޓޯ: މުނީރު ހަސަން ފބ

މި ހިލަތައް ރަށް ބޭލުމަށް ތައްޔާރުކުރާ ފާލަމާއި ކައިރީން ބޭނުންވާ ފުންމިން ނުލިބޭތީ މި ދަތުރު ޓަގްބޯޓާއި ބަނޑު ފުރަތަމަ ދާނީ އައްޑޫ ސިޓީ ހިތަދޫ ބަންދަރަށް ކަމަށް ވެއެވެ. އެ ބަނދަރުން އިތުރުން އެހެން ބަނޑަކަށް އެއްބައި ބަދަލުކޮށްގެން ދެ އުޅަނދު ފުވައްމުލަކަށް އަންނާނެ ކަމަށް ބެލެވެނީ މިނޮވެމްބަރު މަހުގެ 20 ގައި ކަމަށް ލަފާކުރެވެއެވެ.

ފުވައްމުލަކު ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް ތޮށިލުމުގެ މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީ ހޯގާޑުން ކުރިޔަށްގެންދާ ބޮޑު ހިލަ އުފުުލުމުގެ މަސައްކަތުގެ 2 ވަނަ ޝިޕްމެންޓްގައި ވެސް 7000 ޓަނުގެ ބޮޑު ހިލަ ހިމެނޭ ކަމަށާއި އެޝިޕްމެންޓް ވެސް މިހާރު އިންޑިއާއިން ފުރުމަށް ތައްޔާރު ވެފައި ވާކަމަށް ވެއެވެ.

ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް ޖަހާ ބޮޑު ހިލަ ރަށަށް ބޭލުމަށް ހަދާ ފާލަން – ދޫނޑިގަން

މިކަލް ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ކުރިން ބޮޑު ހިލަ އުފުލުމުގެ މަސައްކަތް އެއްކޮށް ނިންމާ ނުލެވިއްޖެނަމަ އިތުރު ގޮން ޖެހުންތަކަކާއި އެމްޓީ ހޯގާޑަށް ކުރިމަތި ލާން ޖެހޭނެއެވެ. އެއީ އިރުވާއި މޫސުމުގެ އެހާ ހިސާބުން ފެށިގެން ފުވައްމުލަކުގެ އިރުމަތީ ބިތުގެ ކަނޑު ގަދަވެ، އިރުމަތީ ފަރާތުން ގަދަޔަށް ވައިޖެހެން ފެށުމުން ހިލަ ރަށަށް ބޭލުމަށް ހަދާފައިވާ ފާލަން ބޭނުން ކުރެވޭނެ ކަމަށް ނުބެލެވޭތީއެވެ. ވުމާއެކު އިރުވައިގެ މަޑު ދުވަސްކޮޅުގެ ތެރޭގައި ބޮޑު ހިލަ ރަށަށް ބާލައި ނިންމަން ޖެހޭއެވެ.

ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް ޖަހާ ބޮޑު ހިލަ ރަށަށް ބޭލުމަށް ހަދާ ފާލަން – ދޫނޑިގަން

ފުވައްމުލަކު ގޮޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ އެއްބަސްވެފައި ވަނީ ފާއިތުވި 2021 ވަނަ އަހަރު ޑިސެމްބަރު، 12 ވަނަ ދުވަހުއެވެ. އަދި އެމްޓީ ހޯގާޑުން ވަނީ މަސައްކަތުގެ ސައިޓެއް މާލެގަމުސަރހައްދުގައި ހަދައި އެތަނަށް ތަކެތި ޖަމާކޮށްފައެވެ. ނަމަވެސް މަސައްކަތް ނުފެށި ދުވަސްތަކެއް ދިޔައެވެ. ތިން ސަތޭކަ މިލިޔަން ރުފިޔާ ޚަރަދުކުރާ ގޮތަށް ހަމަޖެހިފައިވާ މި މަސައްކަތަށް ކަނޑައަޅާފައި ވަނީ 1 އަހަރާއި 8 މަސް (606 ދުވަސް) ދުވަހެވެ. ނަމަވެސް މަސައްކަތަށް ބޭނުންވާ ކަންކަން ސަރުކާރުން ފަހިކޮށް ނުދެވޭނަމަ މިމުއްދަތު ދިގުދެމިގެން ދާނެއެވެ.

އެމްޓީ ހޯގާޑުގެ މަސައްކަތު ސައިޓް – މާލެގަން

މި މަސައްކަތް ލަސްވުމަށް ދިޟާވި އެއްސަބެއް ކަމަށްވެފައި ވަނީ ހިލަ ރަށަށް ބޭލުމަށް ހަދަމުން ދިޔަ ފާލަމަށް އީޕީއޭއީން ހުއްދަ ލިބުން ލަސްވުމުންނެވެ. ނަމަވެސް ދާދި ފަހުން އީޕީއޭގެ ޓީމެއް ފުވައްމުލަކަށް އައިސް އެސަރަހައްދު ބެލުމަށްފަހު މިހާރު މަސައްކަތް ކުރިޔަށް ގެންދިއުމަށް ހުއްދަ ދީފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !