A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީ ގިރާ ސަރަހައްދުގެ ތޮށިލުމުގެ މަސައްކަތް ކުރިޔަށް

ފުވައްމުލައް ސިޓީ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް ފަށައިގެން ކުރިޔަށް އެބަ ދެއެވެ. ނަމަވެސް އެމަސައްކަތުގައި އަދި ކުރިޔަށްދަނީ ބަޮޑުހިލައިގެ ތޮށިލުމަށް ބޭނުންވާ މިންތައް ފައިނަލް ކުރުމުގެ މަަސައްކަތް ކަމަށް މިކަލް ނޫހަށް މައުލޫމާތު ލިބިފައި ވެއެވެ.

އެގޮތުން ފުވައްމުލަކު ބަނދަރުގެ އިރު-އުތުރުން ގޮޑުދޮށުގައި ގާއިމު ކުރުމަށް މަސައްކަތް ކުރަމުންދާ ބޮޑު ހިލައިގެ ތޮށިގަނޑުގެ މިންތައް ޖަަހައި ނަމޫނާ ތަންކޮޅެއްގައި މިހާރު ވަނީ ބޮޑު ހިލަ ޖައްސާ ތައްޔާރުކޮށްފައެވެ. މިކަލް ނޫހަށް މައުލޫމާތު ލިބުނު ގޮތުގައި ކަމާއި ގުޅޭ އިންޖިނިއަރުންނާއި ތިމާވެއްޓާއި ގުޅޭ މާހިރުން އައިސް މި ސާމަޕްލް ތޮށިގަނޑު ބެލުމަށްމަށްފަހު ތޮށިލުން ކުރިޔަށް ގެންދިއުމުގެ ހުއްދަ ދިނުމުން، ތޮށި ލުމުގެ މަސައކަތް ކުރިޔަށް ގެންދަން ފަށާނެއެވެ.

ފުވައްމުލަކު ގިރާ ސަރަހައްދުގައި ތޮށިލުމަށް ހަމަޖެހިައިވާ އުސް،މިން.

މިހާރު ހަދާފައިވާ ނަމޫނާ ތޮށިގަނޑު މާހިރުން ބެލުމަށްފަހު އެތަނަށް އެއްވެސް ބަދަލެއް ގެންނަން ޖެހޭނަމަ އެކަމެއް ހުށަހަޅައި އެ އިސްލާހަކާއި އެގޮތަށް މަސައްކަތް ކުރިޔަށް ގެންދިއުމަށް އިރުޝާދު ދޭނެއެވެ.

ފުވައމްުލައް ސިޓީގެ ބައެއް މީހުން ބުޏާ ގޮތުން ތޮށިގަނޑު ލަނީ މާއުސްކޮށް ކަމުން ރަށުގެ މަލަމަތިން ބޮޑުބައެއް ދުރަށް ނުފެނި ރަށުގެ ރީތިކަން ގެއލްިގެން ދާނެއެވެ. މިއީ ކުރިޔަށް އޮތް 100 އަހަރަށް ބަލައިގެން ރައްކާތެރިކަން ލިބޭ ގޮތަށް ލާ ތޮށިގަނޑެއް ކަމަށް މޭޔަރު ވިދާލުވެފައި ވެއެވެ. ވުމާއެކު ރައްކާތެރިަކްނ އިސްކުރާނަމަ ދޫކޮށްލަންޖެހޭ ބައެއް ކަންތައްތައް ހުންނާނެ ކަމަށް ފާހަނގަ ކުރެއްވިއެވެ. ނަމަވެސް މިކަންބޮޑުވުންތައް ކަމުގެ މާހިރުނަނާއި ހިއްސާކޮށް ތޮށިގަނޑަށް ގެނެވޭނެ އޮތް ބަދަލެއް ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށް މޭޔަރު އަފުންޓީވީ ގައި ވަހަކަ ދައްކަވަމުން ވިދާޅުވިއެވެ.

ފުވައްމުލަކު ގިރާ ސަރަހައްދުގައި ތޮށިލުމަށް ހަމަޖެހިައިވާ އުސް،މިން.

ފުވައްމުލަކު އިރު އުތުރު ފަރާތުގައި ލާ ތޮށިގެ ދިގުމިނަކީ 2650 މީޓަރު ކަމަށް ވެއެވެ. އެއީ ބަނދަރުގެ އިރު އިތުރުން ފެށިގެން ގޮސް ހޯދަޑު އާރު ހިސާބާއި ހަމަޔަށް ކަމަށް މައުލޫމާތު ލިބެއެވެ.

ފުވައްމުލަކު ގޮޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތަށް އެއްބަސްވެފައި ވަނީ ފާއިތުވި 2021 ވަނަ އަހަރު ޑިސެމްބަރު، 12 ވަނަ ދުވަހުއެވެ. ތިން ސަތޭކަ މިލިޔަން ރުފިޔާ ޚަރަދުކުރާ ގޮތަށް ހަމަޖެހިފައިވާ މި މަސައްކަތަށް ކަނޑައަޅާފައި ވަނީ 1 އަހަރާއި 8 މަސް (606 ދުވަސް) ދުވަހެވެ. ނަމަވެސް މަސައްކަތަށް ބޭނުންވާ ކަންކަން ސަރުކާރުން ފަހިކޮށް ނުދެވޭނަމަ މިމުއްދަތު ދިގުދެމިގެން ދާނެއެވެ.

ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް ޖަހާ ބޮޑު ހިލަ ޝިޕްމެންޓް ފުވައްމްުލަކަށް އައުމުގެ ދަތުރުގައި. ފޮޓޯ: މުނީރު ހަސަން ފބ

މިމަޝްރޫއުގެ މަސައްކަތް ކުރަނީ ފުވައްމުލަކުގެ ބަނދަރު ވެސް ހެދި ޑެންމާކްގެ ހޯގާޑު ކުން ފުނިންނެވެ. އެމްޓީ ހޯގާޑުން ވަނީ މަސައްކަތުގެ ސައިޓެއް މާލެގަމު ސަރަހައްދުގައި ހަދައި އެތަނަށް ތަކެތި ޖަމާކޮށްފައެވެ. މި މަސައްކަތަށް ގެންނަ ބޮޑު ހިލައިގެ ޝިޕްމެންޓުތައް މިހާރު އަންނަނީ ރަށަށް ގެންނަމުންނެވެ. އެހިލަތައް ރަށަށް ބޭލުމަށް ތޮށި ލާ ސަރަަހައްދުންގައި ފާލަމެއް ގާއިމުކޮށްފައި ވެއެވެ. އިންޑިއާއިން ގެންނަ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމެންޓް ގެނެސްފައި ވަނީ ފާއިތުވި 2022ގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުގައެވެ. އެ ޝިޕްމެންޓްގައި 7000 ޓަނުގެ ބޮޑު ހިލަ ގެނެސްފައިވރއެވެ.

އެމްޓީ ހޯގާޑުގެ މަސައްކަތު ސައިޓް – މާލެގަން

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !