އެމްޖޭއެސް ކުރީގެ ކްލާސްރޫމްތަކުގެ ވޯކްވޭގައި ގާ އަޅައިފި

އެމްޖޭއެސް ކުރިގެ ހޯލު އިމާރާތް ކައިރީ ވޯކްވޭ ހެދުން
Share on facebook
Share on twitter
Share on google

މުހައްމަދު ޖަމާލުއްދީން ސްކޫލު (އެމްޖޭއެސް)ގެ ކުރީގެ ކްލާސްރޫމްތަކުގެ ވޯކްވޭ ތަކުގައި ގާ އަޅައިފިއެވެ.

އެސްކޫލުގެ ކުރީގެ ހޯލު އިމާރާތުގައި ހުރި ކްލާސްރޫމުތައްކުގެ ކައިރިަގއި ވޭރޭވެހި ފެން ބޮޑުވުމުން ދިމާވާ ދަތަިތަކައް ހައްލެއް ހޮދުމުގެ ގޮތުން ކުރެވުނު މަސައްކަތެއް ކަމަށް އެމްޖޭއެސް އިން ހާމަކޮށްފައި ވެއެވެ.

މިމަސައްކަތްކޮށްފައިވަނީ ފުވައްމުލައް ސިޓީ ކައުންސިލުގެ ފަރާތުންނެވެ.

އެމްޖޭއެސް ކުރިގެ ހޯލު އިމާރާތް ކައިރީ ވޯކްވޭ ހެދުން

ސިޓީ ކައުންސިލުން ކޮށްދެއްވި މި މަސައްކަތުިގެ އަގު ވަޒްނ ކުރުމުގެ ގޮތުން އެމްޖޭއެސްއިން ބުނެފައިވަނީ “ވާރޭ ވެހުމުން ދިމާވާ ފެނުގެ މައްސަލައަށް ފުވައްމުލަކު ސިޓީ ކައުންސިލުން ވަރަށް ފުރިހަމަ ހައްލެއް ގެނެސްދެއްވިކަމީ ސްކޫލާއި ސްކޫލުގެ ދަރިވަރުންނާއިމެދު އޮތް ލޯބި ހާމަކޮށްދޭ ކަމެއް” ކަމަށެވެ.

“ތިޔަ ދެެއްވި އެހީތެރިކަން އުފަލާއިއެކު ބަލައިގަނެ، ފުވައްމުލަކު ސިޓީގެ މޭޔަރަށާއި، ކައުންސިލް މެމްބަރުން އަދި މިކަމުގައި އެހީތެރިވެދެއްވި ހުރިހާ މުވައްޒަފުންނަށް، ސްކޫލުގެ ހުރިހާ މުވައްޒަފުންނާއި ދަރިވަރުން އަދި ބެލެނިވެރިންގެ ނަމުގައި ޝުކުރު ދަންނަވަން” އެމްޖޭއެސްގެ ފޭސްބުކް ޕޭޖުގައި އިތުރަށް ހާމަކޮށްފައި ވެއެވެ.

އެމްޖޭއެސް ކުރިގެ ހޯލު އިމާރާތް ކައިރީ ވޯކްވޭ ހެދުން

ފުވައްމުލައް ސިޓީ އަކީ ރަށް ވަށައިގެން ފަސްގަނޑު އުސްކޮށް އުފެދިފައިވާ ރަށަކަށް ވުމުން، ވާރޭ ވެހުމުން ފެންގަނޑު ރަށުގެ އެތެރޭގެ ސަރަހައްދުތަކުގައި ބޮޑުވާގޮތް ވުމަކީ އާއްމު ކަމަކެވެ. އެގޮތުހް ރަށުތެރޭގެ ހުސްބިްނތަކާއި ގޯތިތައް އަދި ސްކޫލްފަދަ ތަންތަމުގެ ތެރޭގައި ފެންގަނޑު ބޮޑުވާ ގޮތް ދިމާވުމުން ބޫޓަށް އަރައިގެން ހިނގާ ބިގާވެ އުޅެން ދަތިވެއެވެ.

މިފަދަ ކަންކަން ހައްލުކުރުމަށް ދުނިޔޭގެ ގިނަ ގައުމުތަކުގައި ބޭއްނުން ކުރަނީ ފެންހިންދާ ނިޒާމުތަކެވެ. އެގޮތުން ގޯތި ތެރޭގައި ބޮޑުވާ ފެންގަނޑު ކޮންޓްރޯލް ކުރުމަށް ކާނުތައްކާއި ޖަންކްޝަންތައް މަގުތަކޭ އެއްގޮތަށް ގޯތިތެރޭގައި ވެސް ހަދައިގެން ފެން ދައުރުވާ ގޮތަށް ހެދިއްޖެ ނަމަ ވާރޭ ވެހިގެން ބޮޑުވާ ފެންގަނޑުތަކުން ދިމާވާ ދަތިތަައް ކުޑަކުރެވިގެން ދާނެއެވެ.

12 މެއި 2021 ގެ ވިއްސާރައިގައި ފެންބޮޑުވެފައި. ފޮޓޯ: ތޯރިގު

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments