ފުވައްމުލައް ސިޓީގައި ނައިޓް މާކެޓެއް ބާއްވަން ސިޓީ ކައުންސިލުން އިއުލާން ކޮށްފިއެވެ.
މިއީ ފުވައްމުލައް ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އާއި ސިޓީ ކައުންސިލް ގުޅިގެން ބައްވާ ވިޔަފާރީގެ ނައިޓް މާކެޓެކެވެ. މި މާކެޓް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ފެބުރުވަރީ 2023، ގެ 6-10 އަށް ފުވައްމުލަކު އިޖުތިމާއީ މަރުކަޒުގައެވެ.
މި މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު 3 ބާވަތެއްގެ ވިޔަފާރިއަށް ވަނީ ބަހާފައެވެ. އެއީ:
ރަށުގައި އުފައްދާތަކެތީގެ ވިޔަފާރިތަކަށް – ބައިވެރިވުމުގެ ފީ 100 ރުފިޔާ
އޮންއިލް ވިޔަފާރިތަކަށް – ބައިވެރިވުމުގެ ފީ 250 ރުފިޔާ
ރަޖިސްޓްރީ ކޮށގެން ހިންގާ ވިޔަފާރިތަކަށް – ބައިވެރިވުމުގެ ފީ 500 ރުފިޔާ އެވެ.
މި ނައިޓް މާކެޓް ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ބައިވެރިވާން އެދޭ ގޫގުލް ފޯމް މެދުވެރިކޮށް ރަޖިސްޓްރީ ކުރަން ޖެހޭ ތާރީޚަކީ 15 ޖަނަވަރީ 2023 ވަނަދުވަހުގެ 14:00 ގެ ކުރިންނެވެ.
މި މާކެޓުގައި ގުޅޭ ގޮތުން އިތުރު މަޢުލޫމާތު 9821661، 9885629 މި ނަމްބަރުތަކަށް އަށް ގުޅުއްވައިގެން ސާފުކުރެވޭނެ ކަމަށް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ.
މިއީ ކުރިޔަށް އޮތް ފެބުރުއަރީ މަހުގައި ފުވައްމުލައް ސިޓީގައި ބާއްވާ އިންޓާ ސްކޫލް އެތުލެޓިކްސް މީޓް އާއި ދިމާކޮށް ބާއްވާ ޚާއްސަ ހަރަކާތެކެވެ.
ޚިޔާލުތައް