A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީ ކައުންސިލްގެ 2023 ވަނަ އަހަރުގެ ބަޖެޓް ފާސްކުރުމުގެ ”އާންމު ޖަލްސާ“ގެ ދައުވަތު އާއްމުންނަށް ހުޅުވާލައިފި

މިއަހަރުގެ ބަޖެޓް ފާސްކުރުމުގެ ޖަލްސާގެ ދައުވަތު - 2023

ފުވައްމުލައް ސިޓީ ކައުންސިލްގެ 2023 ވަނަ އަހަރުގެ ބަޖެޓް ފާސްކުރުމަށް ބާއްވާ ”އާންމު ޖަލްސާ“ގެ ދައުވަތު އާއްމުންނަށް ހުޅުވާލައިފިއެވެ.

މިއަހަރު ސިޓީ ކައުންސިލްގެ ބަޖެޓް ޖަލްސާ ބޭއްވުމަށް ތާވަލްކޮށްފައި ވަނީ މާދަމާ، 12 ޖެނުއަރީ 2023 ވަނަ ދުވަހުގެ ރޭގަނޑު 8:30 ގައެވެ. ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ސިޓީ ކައުންސިލްގެ ޖަލްސާކުރާ މާލަން ކަމަށްވާ ކުރުނދުމާ މާލަމުގައެވެ.

މިޖަލްސާގެ ދައުވަތު ވަނީ އާއްމުކޮށް ހުޅުވާލާފައެވެ.

ފާއިތުވި 2022 ވަނަ އަހަރަށް ލަފާ ކުރި ބަޖެޓް

2022 ވަނަ އަހަރަށް ލަފާކުރާ ފުވައްމުލައް ސިޓީ ކައުންސިލްގެ ބަޖެޓް

ލާމަރުކަޒީ ގާނޫނަށް ގެނެވުން އިސްލާހުތަކާއެކު ކައުންސިލްތަކަށް މާލީ ގޮތުން ބޮޑެތި އިޚުރިޔާރުތަކެއް ދީފައި ވެއެވެ.

އެގޮތުން ކައުންސިލް ނިސްބަތްވާ ސަރަހައްދެއްގެ މުނިސިޕަލް ހުރިހާ ޚިދުމަތްތައް ދިނުން އެ ކައުންސިލްގެ ދަށަށް ބަދަލުކުރުމާއި ކައުންސިލް ނިސްބަތްވާ ސަރަހައްދުގައި ހިންގާ ޕީއެސްއައިޕީ ޕްރޮޖެކްޓް މަސައްކަތްތަކުގެ ތެރެއިން 5 މިލިޔަން ރުފިޔާއިން ދަށުން ޕްރޮޖެކްޓްތައް ހިންމުގެ ބާރު ކައުންސިލްތަކަށް ދީފައި ވެއެވެ.

އަދި ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުމަށް ދައުލަތުގެ ޑޮމެސްޓިކް ރެވެނިއުގެ %5 ހިލޭ އެހީގެ ގޮތުގައި ދިނުމާއި، އެ ކައުންސިލެއްގެ އިޚުތިސާސުގައި ހިމެނޭ ސަރަހައްދުތަކުގެ ކުލީގެ ގޮތުގައި ލިބޭ އާމްދަނީގެ %40 އާއި މުނިސިޕަލް ޚިދުމަތްތަކުގެ ފީގެ ގޮތުގައި ލިބޭ އާމްދަނީ އެއްކޮށް އެކައުންސިލަކަށް ލިބިގެންދާ ގޮތަށް ވަނީ ބަދަލުކޮށްފައެވެ.

އަދި ދައުލަތުގެ އަހަރީ ބަޖެޓުން ސިޓީ ކައުންސިލްތަކަށް ބޮޑުކުރުމަށް ނިންމާފައި ވެއެވެ.

އިތުރަށް ކިޔާލުމަށް؛

2022 ވަނަ އަހަރުގެ ފުވައްމުލައް ސިޓީ ކައުންސިލްގެ ބަޖެޓަކީ 113.6 މިލިޔަން ރުފިޔާ

 

ފާއިތުވި 2022 ވަނަ އަހަރު ފުވައްމުލައް ސިޓީގެ ބަޖެޓަކީ113.6 މިލިޔަން ރުފިޔާއެވެ. ފާއިތުވި އަހަރުގެ ބަޖެޓް ތައްޔާރުކޮށްފައި ވަނީ ކުރިޔަ އޮތް 5 އހަރަށް އެކުލަވާލި ތަރައގީގެ ޕްލޭނާއި އެއގޮތަށް ކަނޑައޅާފައިވާ ތަރައްގީގެ 5 ދާއިރާއިއަކުންނެވެ. އެއީ:

ދެމެހެއްޓެނިވި ތަރައްގީ – 2.9 މިލިޔަން
އިޖުތިމާއީ ދުޅަހެޔޮކަމާއި ރައްކާތެރިކަން – 2.7 މިލިޔަން
ޕްލޭން ކުރެވިފައިވާ ދިރިއުޅުމަށް ހިތްގައިމު ސިޓީ – 1.2 މިލިޔަން
ފެހި، ސާފު އަދި ރީތި ސިޓީ – 13.7 މިލިޔަން
ޒިންމާދާރު، ހިންގުންތެރި ކައުންސިލެއް – 1.4 މިލިޔަން އެވެ.

2021 ވަނަ އަހަރުގެ ފުވައްމުލައް ސިޓީ ކައުންސިލްގެ ބަޖެޓް

އެއިގެ ކުރީ 2021 ވަނަ އަހަރު ފުވައްމުލައް ސިޓީ ކައުންސިލުން ޚަރަދުކުރެވިފައިވާ މައިގަނޑު 4 ދާއިރާ:

ދީނީ ހޭލުންތެރިކަމުގެ ދާއިރާ – 274،000 (ދެ ލައްކަ 74 ހާސް) ރުފިޔާ

އިޖުތިމާއީ ދާއިރާ – 693،000 (ހަ ލައްކަ 93 ހާސް) ރުފިޔާ

އިގުތިސާދީ ދާއިރާ – 983،000 (ނުވަ ލައްކަ 83 ހާސް) ރުފިޔާ

ކުޅިޥާރާއި ވަސީލާތްތަކުގެ ދާއިރާ – 1،517،000 (އެއް މިލިޔަން 5 ލައްކަ 17 ހާސް) ރުފިޔާ

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !