A wide advertisement which will be shown on all devices. (700 x 100)

‘ރަށި ބާޒާރޮ’ ނާއިޓް މާކެޓްގެ ބައިވެރިންނާއެކު ބައްދަލުވުމެއް ބާއްވައިފި

ރަށި ބާޒާރޮ ނަމުގައި ބާއްވާ ނައިޓް މާކެޓްގެ ބައްދަލުވުން

‘ރަށި ބާޒާރޮ’ ނަމުގައި ފުވައްމުލައް ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) އާއި ސިޓީ ކައުންސިލް ގުޅިގެން ބާއްވާ ނައިޓް މާކެޓްގެ ބައިވެރިންނާއި އެކު ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ނައިޓް މާކެޓުގައި ބައިވެރިވުމުގެ މުއްދަތު މިހާރުވަނީ އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް އިތުރު ކުރެވެފައި ކަމަށް ޑަބްލިޔުޑީސީއިން ހާމަކުރައްވައެވެ. މިހާތަނަށް 37 ފަރާތަކުން މާކެޓްގައި ބައިވެރިވެފައިވާ ކަމަށާއި އިތުރު ފަރާތްތަކަށް ވެސް އަދި ފުރުސަތު ހުޅުވިފައިވާ ކަމަށް ޑަބްލިޔުޑީސީގެ ރައީސާ ދިޔާނާ މިކަލް ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

ރަށި ބާޒާރޮ ނަމުގައި ބާއްވާ ނައިޓް މާކެޓްގެ ބައްދަލުވުން

ކުރުނދުމާ މާލަމުގައި އިއްޔެ ބޭއްވި މި ބައްދަލުވުމުގައި މަޝްވަރާ ކުރެވިފައި ވަނީ ރަށި ބާޒާރުގެ އެކިއެކި ކަންކަމާއި ގުޅޭ ގޮތުންން ކަމަށް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ.

އިއްޔެގެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންތައް ތަފުސީލު ކޮށްދެއްވަމުން ޑަބްލިޔުޑީސީގެ ރައީސާ ދިޔާނީ ވިދާޅުވީ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ ނައިޓްމާކެޓް ކުރިޔަށް ގެންދާ ދުވަސްތަކާއި ކޮންމެ ދުވަހަކުވެސް ފަށާނެ ގަޑިއާއި ނިންމާނެ ގަޑި އާއި ތަނުގެ ސާފުތާހިރު ކަން ހިފެހެއްޓުމުގެ ކަންތައްތަކާއި، ވިއްކުމަށް ބާޒާރަށް ނެރެވޭ މުދަލުގެ ކޮލިޓީ އާއި މެދުގައި އާއި ތަނުގެ ސެކިއުރެޓީ އާއި ކޮންމެ ރެއަކު ވެސް މާކެޓަ ނިމިގެން މުދާތައް ރައްކާކުރުމުގެ ގޮތްތަކާއި މެދުގައި ކަމަށެވެ.

ރަށި ބާޒާރޮ ނަމުގައި ބާއްވާ ނައިޓް މާކެޓްގެ ބައްދަލުވުން

މިހާތަނަށް ވެސް ބައިވެރިންގެ ފަރާތުން ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބޭ ކަމަށް ރައީސާ ދިޔާނާ އިތުރަށް ހާމަކުރެއްވިއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !