އެމްޑީޕީ ރިޔާސީ ޕްރައިމަރީ ރައީސް ސޯލިޙު ކާމިޔާބު ކުރައްވައިފި

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ނަތީޖާ 2023 - ފުވައްމުލައް ސިޓީ
Share on facebook
Share on twitter
Share on google

މިއަދު މުޅި ރާއްޖޭގައި ކުރިޔަށްދިޔަ އެމްޑީޕީ ރިޔާސީ ޕްރައިމަރީ އިން ރައީށް އިބްރާހިމް މިހައްމަދު ސޯޅިހު ކާމިޔާބު ކުރައްވައިފިއެވެ. މިއަދު ހެނދުނު 9:00 އިން ހަވީރު 4:00 އަށް ކުރިޔަށް ދިޔަ ވޯޓު ގުނުމުގެ މަސައްކަތް ނިމިފައިވާއިރު މުޅި ނަތީޖާ އަދި އިއުލާންނެއް ނުކުރެއެވެ. ނަމަވެސް މިހާތަނަށް އެއްކުރެވުނު ނަތީޖާއިން ބޮޑުތަނުން ކުރީގައި އުޅުއްވަނީ ރައީސް ސޯލިހު އެވެ.

މި އިންތިޚާބުގެ ފުވައްމުލަކުގެ ނަތީޖާތައް ނިމިފައި ވާއިރު ރައީސް ސޯލިހު ކުރި ހޯއްދަވާފައި ވަނީ %52.7 އިންނެވެ. ރައީސް ނަޝީދަށް ލިބިވަޑައިގެންފައި ވަނީ %46.3 އެވެ.

މި އިންތިޚާބުގައި ފުވައްމުލައް ސިޓީއިން ވޯޓު ލުމުގެ ހައްގު ލިބިފައިވާ 2074 މީހުންގެ ތެރެއިން ވޯޓު ލާފައި ވަނީ 1497 މީހުންނެވެ. މިއީ ޖުމުލަ އަދަދުގެ %72.18 އެވެ.

މި އިންތިޚާބުގެ ފުވައްމުލަައް ސިޓީގައި ބަހައްޓާފައި ވަނީ 3 ފޮށްޓެވެ. އަދި މާލޭގައި ފުވައްމުލަކު މީހުން ވޯޓުލުމަށް 2 ފޮށި ބަހައްޓާފައި ވެއެވެ. މި ފޮށިތަކުގެ ނަތީޖާ ދައްކާގޮތުން ވެސް ކުރީގައި އުޅުއްވަނީ ރައީސް ސޯލިހު އެވެ. ދެ ކެންޑިޑޭޓުންނަށް މުޅި ފުވައްމުލައް ސިޓީއިން ވޯޓު ލިބިފަިއވަނީ:

ކުރީގެ ރައީސް މުހައްމަދު ނަޝީދު   699 ވޯޓު %46.3

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 779 ވޯޓް %52.7

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ދާއިރާތަކުގެ ނަތީޖާ 2023 – ފުވައްމުލައް ސިޓީ

ފުވައްމުލަކުގެ ދާއިރާތަކުގެ ނަތީޖާ ދައްކާ ގޮތުން މި އިންތިޚާބުގައި ހުރިހާ ދާއިރާ އަކުން ވެސް ކުރި ހޯއްދަވާފައި ވަނީ ރައީސް ސޯލިހު އެވެ. ނަމަވެސް މީގެ ކުރިން ބޭއްވުނު އެމްޑީޕީ އެތެރޭގެ އިންތިޚާބުގައި ދެކުނު ދާއިރާއާއި އުތުރު ދާއިރާއިން ކުރި ހޯދާފައިވަނީ ރައީސް ނަޝީދު ތާއިދުކުރެއްވި އިމްތިޔާޒު ފަހުމީ އެވެ. ކުރީގެ އިންތިޚާބުގައި މިފަހަރަށް ވުރެ ގިނަ މީހުން ވޯޓު ލާފައި ވެއެވެ.

މެމްބަރުން ވޯޓުލަނީ – އެމްޑީޕީ ރިޔާސީ ޕްރަމަރީ 2023

ވޯޓް ލީ މީހުން

މާލެ/ފުވައްމުލަކު އުތުރު+ދެކުނު ދާއިރާ – 239

މާލެ/ފުވައްމުލަކު މެދު ދާއިރާ – 165

ފުވައްމުލަކު އުތުރު ދާއިރާ – 543/*282 އެމްޖޭއެސް ހޯލުގައި

ފުވައްމުލަކު މެދު ދާއިރާ – 916/499 ޏ.އޭއީސީ ހޯލުގައި

ފުވައްމުލަކު ދެކުނު ދާއިރާ – 615/*312 ފުވައްމުލަކު ސްކޫލްގައި

މިހާތަނަށް ނަތީޖާ ލިބިފައި ވަނީ

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments