އަންނަ އޭޕްރިލް މަހު ބާއްވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަންކަމުގެ އިންތިހާބުގަައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ހިމެނޭ ގޮތަށް އިންތިގެ ކެމްޕޭނު ޓީމެއް ފުވައްމުލައް ޒިޔާރަތްކޮށްފިއެވެ. ކެމްޕެއިން ކުރުމަށް ކުރާ މި ދަތުރުގައި މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ފުވައްމުލަކުގައި ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިވާކަމަށް މިކަލް ނޫހަށް މައުލޫމާތުލިބެއެވެ.
އިންތިގެ ކެމްޕެއިން ޓީމަށް މަރުހަބާ ދެންނެވުމަށް ފުވައްމުލަކު ސިޓީގެ އެއާޕޯޓަށް ގިނަ އަދަދެއްގެ އެމެޑީޕީގެ ސަޕޯޓަރުން ޒިޔާރަތްކުރި ނަމަވެސް ފުވައްމުލަކު ސިޓީގެއެއްވެސް އެމްޕީއެއް މިކެމްޕެއިންގެ ހަރަކާތްތަކުގައި ބައިވެރިވާކަމުގެ މައުލޫމަތެއް އަދި މިކަލް ނޫހަށް ލިބިފައެއްނުވެއެވެ.
އިންތިގެ ކެމްޕެއިން ޓީމުން ބުނީ ފުވައްމުލަކު ސިޓީގެ ހުރިހާ އަވަށެއްގައި ތިބި އެމްޑީޕީގެ ސަޕޯޓަރުންނާއި ބައްދަލު ކޮށް، ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ދަތުރަށް ފަހު އެ ޓީމުގެ އަމާޒަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ގޮސް އެމްޑީޕީގެ ސަޕޯޓަރުންނާއި ބައްދަލުކުރުން ކަމަށްވެސް އެ ޓީމުން ބުނެއެވެ.
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގައި އިންތިއާ ވާދަކުރުމަށް ހަމަޖެހިފައިވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އެވެ.
މި އިންތިހާބަކީ އޭޕްރީލް 16 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބެކެވެ.
5
4
3
2
1
- ލޯކަލް ކައުންސިލް އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން ކުރިޔަށް ދަނީ
- ފުވައްމުލައް ސިޓީގެ އެމްޑީޕީ ޕްރައިމަރީ އިސްމާއިލް ރަފީގު ކާމިޔާބުކޮށްފި
- ފުވައްމުލައް ސިޓީ އެމްޑީޕީ ރައީސް ކަމަށް ނިޒާމު
- ފުވައްމުލަކު ތިން ދާއިރާގެ ތެރެއިން ދެދާއިރާ ކާމިޔާބުކުރެއްވީ އިންތި
- ފުވައްމުލަކު ދެކުނު ދާއިރާގެ މަޖުލިސް އެމްޑީޕީ ޓިކެޓަށް ވަނީ ކިހިނެތް ބާ؟