A wide advertisement which will be shown on all devices. (700 x 100)

އެމްޑީޕީ ފުވައްމުލައް ސިޓީ ރައީސަކު ހޮވުމަށް ބާއްވާ އިންތިޚާބު ހޮނިހިރު ދުވަހު

ހޮނިހިރު ދުވަހު ބާއްވާ އެމްޑިޕީ ބައި އިލެކްޝަނުގައި ވާދަކުރާ ކެންޑިޑޭޓުން 2023

އެމްޑީޕީ ފުވައްމުލައް ސިޓީ ރައީސަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން އަންނަ ހޮނިހިރު ދުވަހު (4 މާރިޗު 2023) ބޭއްވުމަށް އިއުލާންކޮށްފިއެވެ.

މިއިން ތިޚާބުގައި 4 ވޯޓު ފޮށްޓެއް ބަހައްޓާނެއެވެ. އެއީ ފުވައްމުލައް ސިޓީގައި ބަހައްޓާ 3 ވޯޓު ފޮށްޓާއި މާލޭގައި ބަހައްޓާ ވޯޓު ފޮށްޓެކެވެ.

ފުވައްމުލަކު އުތުރު ދާއިރާ ވޯޓު ފޮށި – އެމްޖޭއެސް ސްކޫލް (އެމްޖޭއެސް)ގައި

ފުވައްމުލަކު މެދު ދާއިރާ ވޯޓު ފޮށި – ޏ.އަތޮޅު ތައުލީމީ މަރުކަޒު (ޏ.އޭއީސީ)ގައި

ފުވައްމުލަކު ދެކުނު ދާއިރާ ވޯޓު ފޮށި – ފުވައްމުލަކު ސްކޫލް (އެފްއެސް) ގައި

މާލޭގައި ބަހައްޓާ ވޯޓު ފޮށި – އެމްޑީޕީ ހަރުގެ

މި އިންތިޚާބުގައި ވޯޓުލުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ހެނދުނު 9:00 އިން ހަވީރު 5:00އަށެވެ.

ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީ ބައި އިލެކްޝަނުގައި ވާދަކުރާ މެދު ދާއިރާގެ ދެ ކެންޑިޑޭޓުން 2023

އެމްޑީޕީގެ މި މަގާމަށް 4 މީހަކު ކުރިމަތިލާފައި ވެއެވެ. އެއީ ފުވައްމުލަކު ދެކުނު ދާއިރާއަށް ނިސްބަތް ވާ 2 ކެންޑިޑޭޓަކާއި މެދު ދާއިރާއަށް ނިސްބަތްވާ 2 ކެންޑިޑޭޓެކެވެ.

1- އަހުމަދު މުޖުތަބާ މަހިލަނބުމާގެ/މާދަޑު

2 – ހަސަން ވާސިފު ހުސެއިން ފަޅަގަނޑިގެ/ފުނާޑު

3- ސައުދުﷲ ހަސަން ދީދީ ނޫރީ ފެހި/ފުނާޑު

4- މުހައްމަދު ނޫރު އަހުމަދު ލަކީ/މާލެގަން

ހޮނިހިރު ދުވަހު ބާއްވާ އެމްޑިޕީ ބައި އިލެކްޝަނުގައި ވާދަކުރާ ދެކުނު ދާއިރާގެ ދެ ކެންޑިޑޭޓުން 2023

މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގުލިބިފައިވާ އެމްޑީޕީގެ 2074 މީހުން އެބަތިއްބެވެ. އެއިގެ ތެރެއިން ވޯޓު ލާނެކަމަށް ބެލެވެނީ %50 އަށް ވުރެ މަދު މީހުންނެވެ.

އެމްޑީޕީގެ އެތެރޭގައި ދެ ފެކްޝަނެއް އުފެދިފައި ވާއިރު މި 4 ކެންޑިޑޭޓުންނަކީ ވެސް ވެރިކަން ކުރާ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ފެންޝަނަށް ނިސްބަތްވާ މީހުން ކަމަށް މިކަލް ނޫހާއި ވާހަކަ ދެއްކި ފުވައްމުލައް ސިޓީ އެމްޑީޕީ މީހަކު ބުނެފައި ވެއެވެ. އެގޮތުން މި އިންތިޚަބުގައި އެންމެ ފަހުން ބޭއްވި ރިޔާސީ ޕްރައމަރީ ހާ ވަރުގަދަ ފޯރިއާއި ޖޯޝެއް ނެތް ކަމަށް އޭނާ ބުނެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • Anonymous

    4 ei anni ge meeheh