A wide advertisement which will be shown on all devices. (700 x 100)

އެމްޑީޕީ ފުވައްމުލައް ސިޓީ ރައީސްގެ ބައި-އިލެކްޝަން ކާމިޔާބުކުރީ މުޖުތަބާ

އެމްޑީޕީ ފުވައްމުލައް ސިޓީ ރައީސްކަމުގެ ބައި އިލެކްޝަންގެ ނަތީޖާ 2023

އެމްޑީޕީ ފުވައްމުލައް ސިޓީ ރައީސަކު ހޮވުމަށް ބޭއްވި ބައި-އިލެކްޝަން އަހުމަދު މުޖުތަބާ (މުޖޭ) ކާމިޔާބުކޮށްފިއެވެ.

ހޮނިހިރު ދުވަހު ބޭއްވި މިއިން ތިޚާބުގައި މުޖުތަބާ ކުރި ހޯއްދަވާފައި ވަނީ 351 ވޯޓުނެވެ. މުޖުތަބާ އާއި އެންމެ ގާތުން ވާދަކުރީ ހަސަން ވާސިފު ހުސޭއިން އެވެ. އޭނާ ވަނީ ފުވައްމުލަކު އުތުރު ދާއިރާގެ ފޮށްޓާއި ދެކުނު ދާއިރާގެ ފޮށިން ވެސް އެންމެ ގިނަ ވޯޓު ހޯދާފައެވެ. މުޖުތަބާއަށް ކުރި ލިބުނީ މެދު ދާއިރާގެ ވޯޓު ފޮށްޓާއި މާލޭގައި ބެހެއްޓި ވޯޓު ފޮށިންނެވެ. އެމްޑީޕީގެ އެންމެ ގިނަ މީހުން މިހާރު ދަފުތަރުގައި ތިބި މެދު ދާއިރާގެ ވޯޓު ފޮށިން މުޖުތަބާ ވަނީ ވާސިފަށް ވުރެ ބޮޑުތަނުން ކުރިހޯއްދަވައި، ޖުމުލަ 111 ވޯޓު އިތުރަށް ހޯއްދަވާފައެވެ.

އެމްޑީޕީ ފުވައްމުލައް ސިޓީ ރައީސްކަމުގެ ބައި އިލެކްޝަންގެ ނަތީޖާ 2023

އެމްޑީޕީގެ ފުވައްމުލައް ސިޓީ ރައީސްގެ މަގާމަށް 4 ކެންޑިޑޭޓުން ވާދަކޮށްފައި ވެއެވެ.

1- އަހުމަދު މުޖުތަބާ މަހިލަނބުމާގެ/މާދަޑު        351 ވޯޓު

2 – ހަސަން ވާސިފު ހުސެއިން ފަޅަގަނޑިގެ/ފުނާޑު  296 ވޯޓު

3- ސައުދުﷲ ހަސަން ދީދީ ނޫރީ ފެހި/ފުނާޑު     59 ވޯޓު

4- މުހައްމަދު ނޫރު އަހުމަދު ލަކީ/މާލެގަން        33 ވޯޓު

ބާތިލު 14 ވޯޓު

ޖުމުލަ: 753 ވޯޓު

އެމްޑީޕީ ފުވައްމުލައް ސިޓީ ރައީސްކަމުގެ ބައި އިލެކްޝަންގެ ވޯޓުލުން 2023

މި އިންތިޚާބުގައި ވޯޓު ލާފައިވަނީ ވޯޓުލުމުގެ ހައްގު ލިބިގެންވާ 2074 މީހުންގެ ތެރެއިން %36.3 މީހުންނެވެ. އެންމެ ގިނަ މީހުން ވޯޓުލާފައި ވަނީ މެދު ދާއިރާއިންނެވެ. އެއީ 259 މީހުންނެވެ. ދެކުނު ދާއިރާއިން ވޯޓުލީ 211 މީހުން އަދި އުތުރު ދާއިރާއިން 164 މީހުންނެވެ. މާލޭގައި ހުރިހާ ދާއިރާއަކުން ވޯޓުލުމަށް ބެހެއްޓި ފޮށްޓަށް ވޯޓުލާފައި ވަނީ 119 މީހުންނެވެ.

މުޖުތަބާއަކީ އެންމެ ކުރީއްސުރެ އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވި ފަރާތެކެވެ. މިހާރު ހުންނެވީ ފުވައްމުލަކު އެއާޕޯޓުގެ މެނޭޖަރުކަމުގެ މަގާމުގައެވެ. މީގެ ކުރިން މުޖުތަބާ ވަނީ މާދަޑު ކައުންސިލްގެ ރައީސް ކަމާއި ކުރީގެ އަތޮޅު ކައުންސިލްގެ މެމްބަރުކަން ވެސް ކުރައްވާފައެވެ.

އެމްޑީޕީ ފުވައްމުލައް ސިޓީ ރައީސްކަމުގެ ބައި އިލެކްޝަންގެ ވޯޓުލުން 2023

މި އިންތިޚާބުން ބަލިވި މުހައްމަދު ނޫރުއާއި ހަސަން ވާސިފު ވަނީ މުޖުތަބާގެ ކާމިޔާބީއަށް މަރުހަބާ ކިޔާފައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !