A wide advertisement which will be shown on all devices. (700 x 100)

‘ރަށި ބާޒާރޮ 2023’ މިރޭ ހުޅުވައިފި

ރަށި ބާޒާރޮ 2023 މިރޭ ހުޅުވައިފި

‘ރަށި ބާޒާރޮ 2023’ ނަމުގައި ފުވައްމުލައް ސިޓީގައި ބާއްވާ ނައިޓް މާކެޓް މިރޭ ހުޅުވައިފިއެވެ. މި މާކެޓް އޮންނަނީ ފުވައްމުލަކު އިޖުތިމާއީ މަރުކަޒުގެ ގޯތި ތެރޭގައެވެ.

މި ރޭ ފެށި މި މާކެޓް މާދަމާ ރޭއަށް ބަންދުކުރުމަށް ފަހު އަލުން ހުޅުވާނީ 5 ފެބުރުއަރީ ވާ އާދީއްތަ ދުވަހުގެ ރެއެވެ. ކޮންމެ ރެއަކުވެސް 8:00 އިން 11:00 އަށް ކުރިޔަށް ގެންދީ މި މާކެޓް ނިމޭނީ މި ފެބުރުއަރީ މަހު 8 ވަނަ ދުވަހުގެ ރޭއެވެ.

ރަށި ބާޒާރޮ ފަށަނީ 3، 5، 6، 7، 8 ފެބްރުއަރީ ގައި

މި ބާޒާރުގައި 51 ވިޔަފާރިއަކުން ބައިވެރިވެފައި ވެއެވެ. އެއީ ރަޖިސްޓަރީ ކޮށްފައިވާ 28 ވިޔަފާރި އަކާއި އޮންލައިން ވިޔަފާރި ކުރާ 12 ވިޔަފާރިއެއްގެ އިތުރުން ގޭގައި ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ 11 ފަރާތަކެވެ. މިބާޒާރުން ތަފާތު އެކި ބާއްވަތްތަކުގެ މުދާ ހެޔޮއަގުގައި ލިބިގެންދާނެއެވެ.

މި ބާޒާރުގައި ކޮންމެ ރެއަކުވެސް ގުރުއަތު ހޮވޭ ފަރާތަކަށް އަގުހުރި އިނާމެއް ދިނުމަށް ހަމަޖެހިފައި ވެއެވެ. މިއީ ފުވައްމުލައް ސިޓީ ކައުންސިލާއި ފުވައްމުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ (ޑަބްލއިޔުޑީސީ) އިން އިންތިޒާމުކުރާ ބާޒާރެކެވެ.

 

ރަށިބާޒާރޮ- އިނާމުތަކާއެކު

މިބާޒާރުގެ ފުރަތަމަ ރެއަށްފަހު ވިޔަފާރިތަކުން ބުނެފައި ވަނީ ނައިޓް މާކެޓްގެ ވިޔަފާރި ވަރަށް ވެސް ރަނގަޅު ކަމަށެވެ. އެއްވިޔަފާރިއަކުން ބުނެފައިވަނީ މިރޭ އެސްޓޯލަށް 5000 ވަރަކަށް ރުފިޔާ ލިބިފައިވާ ކަމަށެވެ. އަދި އެ ސްޓޯލުން ވިއްކާ ތަކެއްޗަކީ ކޮލިޓީ ރަނގަޅު އަދި ވަރަށް ބޮޑުތަން އަގުކުޑަ ކުރެވިފައިވާ ތަކެތި ކަމަށެވެ.

މި ބާޒާރުން ބަދިގެ ސާމާނާއި ގޭތެރެ ޒީނަތްތެރި ކުރުމުގެ ސާމާނާއި ހާޑްވެއާ، އަދި ރަށުގެ އުފެއްދުން ތައް ވެސް ލިބެން ހުންނާނެއެވެ.

މި ބާޒާރުގައި ބައިވެރިވާ އޮންލައިން ވިޔަފާރިއެއް ކަމަށްވާ ‘އަލް ފޮތި’ ސްޓޯލްއިން އިން މައުމޫމާތު ދިން ގޮތުގައި އެ ސްޓޯލއިން ވިއްކާ އައިޓަމް ތަކަކުން ވާނީ %25 އާއި %50 އަށް އަގު ދަށް ކުރެވިފައި ކަމަށެވެ. ދެން ބާޒާރު ހުޅުވޭ ރެއަކު އެސްޓޯލުން މުޅިން އައު މުދާ ލިބެން ހުންނާނެ ކަމަށެވެ. އެގޮތުން އެތުލެޓިކްސް މުބާރާތަށް ޚާއްސަކޮށްގެން އަވީގައި އުޅޭ ފަރާތްތަކަށް އެންޓި-ޔޫވީ ނިއްގަޑާއި އާދައިގެ ނިންގަޑުތައް ވެސް ހެޔޮއަގުގައި ލިބެން ހުންންނާނެ ކަމަށެވެ.

ލާތޯ-ލާތޯ – ހުނަރުވެރި ކުޅިވަރެއް

މީގެ އިތުުން މިމާކެޓްގެ އެ ސްޓޯލުން ރާއްޖެއަށް މުޅިން އާ އައިޓަމެއް ކަމަށްވާ ކުޑަކުދިން ކުޅޭ ‘ލާތޯ-ލާތޯ’ ތައާރަފުކުރުން ވެސް އޮންނާނެ ކަމަށެވެ. ލާތޯ-ލާތޯ އަކީ މިހާރު މެލޭޝިއާގައި ވަރަށް މަޝްހޫރު ކުޑަކުދިން ކުޅޭ އެއްޗެކެވެ. ލާތޯ-ލާތޯ އަކީ ފިޒިކްސްގެ ތިއަރީތައް ބޭނުންކޮށްގެން މޮޅެތި ގޮތްތައް ހަދާލެވޭ ހުނަރު ދައްކާލެވޭ އެއްޗެކެވެ. ލާތޯ-ލާތޯ ތައާރަފު ކުރުން  ވެސް ދެން ހުޅުވޭ ރެއެއަކު އޮންނާނެކަމަށެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !