އަންހެނުން ބާރުވެރިކުރުމަށް ކުރާ މަސައްކަތް ކުރިޔަށް ގެންދިއުމަށް ވިމެން އިން ފުވައްމުލައް (ވިފް) ގެ ރައީސް އަދި ފައުންޑިން މެމްބަ އައިމިނަތު ޝެހެނާޒު ގޮވާލައްވައިފިއެވެ.
މި އަހަރުގެ ބައިނަލް އަގުވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް ‘ވިފް’ އިން ކުރިޔަށް ގެންދިޔަ “ސެލެބްރޭޓިން އައުޓްސްޓޭންޑިން ވުމެން އިން ފުވައްމުލައް ސިޓީ” ގެ ހަރަކާތުގައި ވާހަކަ ދައްކަވަމުން ރައީސާ ޝެހެނާޒު ގޮވާލެއްވީ ތަރައްގީގެ ހުރިހާ ދާއިރާއެއްގައި މިންތީންގެ ހަމަހަމަކަން ގާއިމުކުރުމަށާއި އަންހެނުން ބާރުވެރި ކުރުމަށް ކުރާ މަސައްކަތްތައް ކުރިޔަށް ގެންދިއުމަށެވެ.

ބައިނަލް އަގުވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް ‘ވިފް’ އިން ބޭއްވި ހަރަކާތް – 2023
މިހާރަކާތް ކުރިޔަށް ގެންގޮސްފައި ވަނީ މި މާރިޗު މަހު 10 ވަނަ ދުވަހު ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައެވެ.
އިގުތިސާދީ ގޮތުން ދިވެހި އަންހެނުންގެ ހާލަތާއި މެދު ހޭލުންތެރި ކުުރުމަށް ހަރަކާތުގެ ބައިވެރިންނަށް ތަފާސް ހިސާބާއި މައުލޫމާތު ހިއްސާކޮށްފައި ވެއެވެ. މީގެ އިތުރުން ދިވެހި އަންހެނުން ޚިދުމަތް ކުރުން މަދު ދާއިރާތަކުން ކާމިޔާބު ހޯދާފައިވާ ފުވައްމުލަކުގެ އަންހެން ކަނބަލުންގެ ކާމިޔާބީ ފާހަގަކޮށް، އެ ފަރާތްތަކުގެ ދިރިއުޅުމުގެ ވާހަކަތަކުން ފިލާވަޅު ހޯދުމަށް ފުވައްމުލަކުގެ ސްކޫލްތަކުގެ ދަރިވަރުންނަށް މިހަރަކާތުގެ ތެރެެއިން ފުރުސަތު ދެވިފައި ވެއެވެ.
އެގޮތުން ފާހަގަ ކުރެވުނު ބައެއް ކަނބަލުން:
އޭވިއޭޝަން ދާއިރާ – ފާތިމަތު ރީޝާ އަބްދުﷲ، ކޯޕައިލެޓް
މެރިޓައިމް ޓްރާންސްޕޯޓް – ސަންފާ އިބްރާހިމް، ލޯންޗް ކެޕްޓަން
ޑައިވިން – ހަމްނާ ހުސޭން އަލި ދީދީ – ޑައިވް އިންސްޓްރަކްޓާ
ލީޑާޝިޕް އިނޮވޭޝަން އިން އެޑިއުކޭޝަން – އާއިޝަތު އަނީސް، ޕްރިންސިޕަލް
ސްޓެމް (ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިން އައި މެތަމެޓިކްސް)- އައިޝަތު އަދުނާނު، އެޕިއުޓީ މެނޭޖާ ހިމެނެއެވެ.

ވިފްއިން ފާހަގަ ކުރި އަންހެން ފަންުނުވެރިން – 2023
އަންހެނުންގެ ދުވަހެއް ފާހަގަ ކުރުމުގެ ބޭނުމަކީ އަންހެނުންގެ އިޖުތިމާއީ އަދި އިގުތިސާދީ ހާލަތު ހުރި ގޮތާއި އަންހެނުން ބާރުވެރި ކުރުމަށް ހުރި ގޮންޖެހުންތަކާއި މެދު ހޭލުންތެރިކަން އިތުރުކުރުމާއި ތަރައްގީގެ ސިޔާސަތުތައް ރާވާ ހިންގާއިރު އަންހެނުންގެ ޚިޔާލާއި މަޝްވަރާ އަދި ބައިވެރިވުން އިތުރު ކުރުމަށް ބާރު އެޅުން ކަމަށް ދުވަހާއި ގުޅޭ ގޮތުން ވިމެން އިން ފުވައްމުލައް (ވިފް) އިން ނެރުނު ނޫސްބަޔާނުގައި ހާމަކޮށްފައި ވެއެވެ.

ބައިނަލް އަގުވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް ‘ވިފް’ އިން ބޭއްވި ހަރަކާތް – 2023
ޚިޔާލުތައް