ގުރުއާނާއި ސައިން ފޯރަމް 1444 ގެ ފަހު ޕްރޮގްރާމް މިރޭ އޮންނާނެއެވެ. މިރޭ އޮންނާނީ ފުވައްމުލަކު ސްކޫލުގެ ދަރިވަރުން ހުށަހަޅައިދިނުމެވެ. މިރޭ ވެސް 9:30ގައި ކުރުނދުމާ މާލަމުގައި ބާއްވާ މި ފޯރަމަށް ވަނީ އާއްމުކޮށް ދައުވަތު ހުޅުވާލާފައެވެ.

އައިޑިއަލް ސްކޫލް ދަރިވަރުން – ގުރުއާނައި ސައިންސް ފޯރަމް 2023
މިއަހަރުގެ ޕްރޮގްރާމުގައި މިހާތަނަށް 5 ސްކޫލަކުން ހުށަހެޅުންތައް ކުރިޔަށް ގެންގޮސްފައި ވެއެވެ. އިއްޔެ ހަވީރު ހުށަހަޅައިދިނީ އައިޑިއަލް ސްކޫލުގެ ޕްރީ ސްކޫލް ދަރިވަރުންނެވެ. އެދަރިވަރުން ހުށަހަޅާއި ދިނީ ގުރުއާނުގައި ވާ 6 މޭވާ އަކާއި ގުޅޭ މައުލޫމާތެވެ. ކީރިތި ގުރުއާނުގައި އެންމެ 6 މޭވާއެއްގެ ނަންގަނެވިގެންވަނީ، އެއީ ޚާއްސަ މޭވާތަކަކަށް ވާތީ ކަމަށް ހުށަހެޅުނެވެ. އެ ހަ މޭވާ އަކީ:
ކަދުރު – ޑޭޓްސް
ތީނި – ފިގް
ޒައިތޫނި – އޮލިވް
އަންނާރު – ޕޮމެގްރެނޭޓް
މޭބިސްކަދުރު – މޭބިސްކަދުރު
ދޮންކެޔޮ – ބަނާނާ އެވެ.

ގުރުއާނާއި ސައިންސް ފޯރަމް 2023.
އެއިގެ ކުރީ ރޭ ހާފިޒު އަހުމަދު ސްކޫލުގެ ދަރިވަރުން ހުށަހަޅާއި ދިނީ ކީރިތި ގުރުއާނުގައި ވާ އެމްބްރޮލޮޖީ އިލްމުގެ މައުލޫމާތުތަކުގެ ތެރެއިން އިންސާނާ އުފެއްދެވުމާއި ގުޅޭ ގޮތުންނެވެ. އެގޮތުން އިންސާ ނާ އިފެދެން މެދުވެރިވާ ފިރިހެނާގެ ދަރިފަންޏާއި އަންހެނާގެ ބިސް އުފެދޭ ގޮތާއި އެދެބައި އެކުވެގެން އެމްބްރިއޯއެއް ފުފެދި ބޮޑުވަމުން އަންނަ ގޮތް ކީރިތި ގުރުއާނާއި ސައިންސްގެ އަލީގައި ބަޔާން ކޮށްދީފައި ވެއެވެ. ނަމަވެސް ގުރުއާނަކީ ސައިންސްގެ ފޮތެއް ކަމުގައި ނުވާތި އެފޮތުގައި އެމްބްރޮއޮލޮޖީގެ މައުލޫމަތުތައް ހުންނަނީ އާއްމުކޮށް ނުވަތަ ޖެނެރަލް ގޮތެއްގައި ކަމަށް ވެއެވެ.
މާރިޗު މަހު 28 ވަނަ ދުވަހުގެ ރޭ އެމްޖޭއެސް ގެ ދަރިވަރުން ހުށަހަޅައި ދިނީ ކީރިތި ގުރުއާނުގައި ވާ ބައޮލޮޖީ އިލްމުގެ މައުލޫމާތުތަކުގެ ތެރެއިން ބޮޓޮނީ އާއި ފިޒިއޮލޮޖީ ނުވަތަ ގަސްގަހާ ގެއްސާއި އެއިގެ އުފެދުމުގެ މައުލޫމާތެވެ. އެގޮތުްނ ދިރޭތަކެތިގެ ބަނޑުިހައި ހުނުކަން ފިލުވުމަށާއި ހިޔާވަހިކަމެއް ހޯދުމަށް ގަހުގެ މުހިންމު ކަން ބޮޑުކަން ފާހަގަ ކުރެވުނެވެ. އަދި ޔޫނުސްގެ ފާނުގެ ބަނދުހައި ހޫނުކަން ފިއްލެވުމަށް ބަރަބޯގަހެއް މެދުވެރިކުރެވިކަމަށް ހުށަހެޅުނެވެ.

ގުރުއާނާއި ސައިންސް ފޯރަމް 2023. އެމްޖޭއެސް
ފޯރަމްގެ ދެވަނަ ރޭ ހުށަހަޅައިދިނީ ބްރައިޓްވޭ އިންޓަނޭޝަންލް ސްކޫލް ފުވައްމުލައް އިންނެވެ. އެ ސްކޫލުން ހުށަހަޅައި ދިނީ ކީރިތި ގުރުއާނުގައި ވާ ޖިއޮލޮޖީ އިލްމުގެ މައުލޫމާތުތަކުގެ ތެރެއިން ވޯޓާ ސައިކަލް، ފަރުބަދަތަކާއި ގުޅެ ގޮތުންނެވެ. ފަރުބަދައިަކީ ބިންގަނދު ހިފެހެއްޓުމަށް ބިމަށް ޖެހިފައިވާ ކަޑައެއް ފަދަ އެއްޗެއް ގެ ގޮތުގައި ސިފަކުރެވިގެން ދިޔައެވެ. ކަޑަ އަކީ ކޭމްޕް ގެ ހިފަހައްޓަން ބިމަށް ޖަހާ އަބެއް ފަދަ އެއްޗެކެވެ. އެއިން މައްޗަށް ފެންނަން ހުނާނީ ކުދަ މިންވަރެކެވެ. ނަމަވެސް ބޮޑުބައި ހުންނަނީ ބިމުގެ އަޑީގައެވެ. މީގެ އިތުން ބިމުގައި ބާ މައުދަންތަކާއި ބެހޭ ގޮތުންވެސް ވާހަކަ ދެކެވުނެވެ. އެގޮތުން ދަނގަނޑުގެ ވާހަކަ އާއި، ކަނޑާއި ކޯރާއި ވިލާގެ ވަހަކަތައް ވެސް ހިމެނެއެވެ.

ގުރުއާނާއި ސައިންސް ފޯރަމް 2023. ބަރައިޓްވޭ އިންޓާނޭޝަނަލް ސްކުލް ފުވައްމުލައް
ސްކޫލް ދަރިވަރުންނާއި އާއްމުންގެ ގިނަ އަދަދެއްގެ ބަޔަކު ހާޒިރުވި ހަފުލާއަށް ފުވައްމުލައް ސިޓީ މޭޔަރު އިސްލާއީލު ރަފީގުއާއި ކައުންސިލްގެ މުވައްޒަފުން އަދި ސްކޫލްތަކުގެ ޕްރިންސިޕަލުން ހާޒިރުވެފައި ވެއެވެ.
މި ފޯރަމްގައި ޕެނަލިސްޓްގެ ގޮތުގައި ބަިއވެރިވަނީ އައްޝައިޚު ސިނާނު، އައްޝައިޚު އިބްރާހިމް ޝަމީމު އާއި އައްޝައިޚު އަހުމަދު އިރުފާން އެވެ.
މީއި މީގެ 4 އަހަރު ކުރިން ސިޓީ ކައުންސިލުން ފަށައިގެން ކުރިޔަށްގެންދާ ޕްރޮގްރާމެކެވެ. ކުރީގެ އަހަރުތަކުގައި ކޮންމެ ސްކޫލަކުން 5 ދަރިވަރުން ޓީމަކުން ހުށަހަޅާ ދިފައިވަނީ 10-15 މިނިޓުގެ ސެޝަން އެއްކަމުގައި ވިޔަސް މިފަހަރުގެ ޕްރޮގްރާމް ވަނީ 6 ސްކޫލަކުން 7 ދަރިވަރުން ބައިވެރިކޮށްގެން 15-20 މިނިޓަށް ކުރިޔަށްގެންދަން ރާވާފައެވެ.

ގުރުއާނާއި ސައިންސް ފޯރަމް 2023.
މި ޕްރޮގްރާމުގެ މަގުސަދަކީ މިއަދުގެ ކުޑަކުދިންގެ މެދުގައި ކީރިތި ގުރުއާނަށް ލޯބި ޖެއްސުމާއި ﷲގެ ކުޅަދުންވަންތަކަމާއި މެދު ވިސްނާ ފިކުރުކުރުމަށާއި އެދައިރާއި ހޯދުންތައް ހޯދާ ކީރިތި ގުރުއާނުގައިވާ ކަންކަން ހިތުގެ އަޑިން ގާބޫލުކޮށް އެގޮތުގެ މަތީން އަމަލުތައް ބެހެއްޓުމަށް ހިތްވަރދިނުން ކަމަށް ފޯރަމްގެ ތައާރަފުގައި ފާހަގަ ކޮށްފައި ވެއެވެ. މިފޯރަމްގެ ސަބަބުން ސްކޫލް ދަރިވަރުންނަށް ގުރުއާނުގައިވާ ކަންކަމާއި ގުޅޭ ގޮތުން ކަންކަން ހޯދާ ބެލުމަށް ފަހިވެގެންދާ ފުރުސަތެއް ކަމަށް ހާމަކުރެއްވިއެވެ.
ގުރުއާނާއި ސައިންސް ފޯރަމްގެ ހުށަހެޅުން ނިމުމުން ޕެނަލިސްޓުންގެ ވާހަކަ ކޮޅަކާއި ހާޒިރުވެ ތިބި އަޑު އެހުންތެރިންނާއި އޮންލައިންކޮށް ބެލުންތެރިންނަށް ސުވާލު ހުށަހެޅުމަށް ވަގުތު ކޮޅެއް ކަނޑައަޅާައި ވެއެވެ.
ޚިޔާލުތައް